ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ނިއުކްލިއަރ މަރުކަޒަށްދޭ ޙަމަލާއެއް ވެގެންދާނީ ސަރަޙައްދުގެ ނުރައްކަލަކަށް: ޤަޠަރުގެ ބޮޑުވަޒީރު

STO_Ads
TTH_Ads
Advertisement

ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުލްރަޙްމާން އައް-ޘާނީ ވިދާޅުވެފައިވަނީ، އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް ޙަމަލާއެއް ދެވިއްޖެނަމަ، ގަލްފު ސަރަޙައްދުގެ ކަނޑުގެ ފެން ތަޣައްޔަރުވެ، އެ ސަރަޙައްދުގެ ޤައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށެވެ. މި ކަމުގެ ސަބަބުން ޤަޠަރު، ކުވައިތު އަދި އެކުވެރި ޢަރަބި އިމާރާތުގެ ރައްޔިތުންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމަށް އެ މަނިކުފާނު ވަނީ އިންޒާރު ދެއްވާފައެވެ.

ގަލްފު ކަނޑުގެ އައްސޭރިފަށުގައި އޮންނަ މި ތިން ޤައުމުގެ ޖުމްލަ އާބާދީއަކީ 18 މިލިއަނަށް ވުރެ ގިނަ އަދަދެކެވެ. ނަމަވެސް، މި ޤައުމުތަކަށް ޤުދުރަތީ ގޮތުން ލިބޭ ސާފު ބޯފެނުގެ މިންވަރު ވަރަށް މަދެވެ. އެހެންކަމުން، މި ޤައުމުތަކުގެ ބޯފެނުގެ ބޭނުން ފުއްދުމަށް ބަރޯސާވަނީ ގަލްފު ކަނޑުގެ ލޮނުފެން ސާފުކުރުމުގެ މައްޗަށެވެ.

ބޮޑުވަޒީރު ޝައިޚް މުޙައްމަދު އިތުރަށް ވިދާޅުވެފައިވަނީ، އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް ޙަމަލާއެއް ދެވިއްޖެނަމަ، ގަލްފުގެ ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ހިސާބަށް ދާނެ ކަމަށާއި، އޭގެ ސަބަބުން ކަނޑުގެ ދިރުންތައް ނެތިގެން ހިނގައިދާނެ ކަމަށެވެ.

HajjCop_ads
Advertisement

އީރާނުގެ ނިއުކްލިއަރ މައްސަލައާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ޝައިޚް މުޙައްމަދު ވަނީ އީރާނަށް އަސްކަރީ ޙަމަލާއެއް ދެވިއްޖެނަމަ، އެއީ މުޅި ސަރަޙައްދަށް ފެތުރިގެންދާނެ ޙަމަލާއަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، އީރާނުގެ ނިއުކްލިއަރ މައްސަލައަށް ޞުލްޙަވެރި ޙައްލެއް ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ޤަޠަރުގެ ސަރުކާރުގެ ސިޔާސަތާ ގުޅޭ ގޮތުން ބޮޑުވަޒީރު ވިދާޅުވެފައިވަނީ، އީރާނާ ދެކޮޅަށް އެއްވެސް އަސްކަރީ ޙަމަލާއެއް ދިނުމަށް ޤަޠަރުން ތާއީދު ނުކުރާނެ ކަމަށެވެ. އމަށެވެ. އަދި މި މައްސަލައަށް ޞުލްޙަވެރި ޙައްލެއް ލިބެންދެން ހުއްޓުމެއްނެތި ޤަޠަރުން މަސައްކަތް ކުރަމުން ދާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވާފައިވެއެވެ.

ބޮޑުވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މީގެ އަހަރުތަކެއް ކުރިން ޤަޠަރުން ވަނީ އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް ޙަމަލާއެއް އަމާޒުވެއްޖެ ޙާލަތެއްގައި ވާނެ ގޮތަކާމެދު ދިރާސާއެއް ކޮށްފައެވެ. އެ ދިރާސާގެ ނަތީޖާއިން ދައްކާފައިވަނީ، އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް ޙަމަލާ ދޭތާ ތިން ދުވަހުގެ ތެރޭގައި ޤަޠަރުގެ ސާފު ބޯފެން ހުސްވާނެ ކަމަށެވެ. މި ދިރާސާގެ ނަތީޖާއަށް ބިނާކޮށް، ޤަޠަރުން ވަނީ ކުއްލި ޙާލަތުގައި ބޭނުންކުރާނެ ފެން އިތުރުކުރުމަށްޓަކައި ދުނިޔޭގެ އެންމެ ބޮޑު 15 ފެން ރިޒަވޮއަރ އިމާރާތްކޮށްފައެވެ.

ބޮޑުވަޒީރު މުޙައްމަދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ބައެއް ނިއުކްލިއަރ މަރުކަޒުތައް ދުރުމިނުގެ ގޮތުން އީރާނުގެ ވެރިރަށް ތެހްރާނަށް ވުރެ ޤަޠަރުގެ ވެރިރަށް ދައުޙާއާ ކައިރިއެވެ. މިހާރު އީރާނުގައި ހިންގަމުންދާ ހަމައެކަނި ނިއުކްލިއަރ ޕަވަރ ޕްލާންޓު ހުރީ ގަލްފުގެ އައްސޭރިފަށުގައި އޮންނަ ބޫޝަހްރުގައެވެ.

ޤަޠަރަކީ އެމެރިކާއާ ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމުގައިވީ ނަމަވެސް، އީރާނާއެކުވެސް ގުޅުން ބަދަހިކޮށްގެން އުޅޭ ޤައުމެކެވެ. ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑު ކަމުގައިވާ ސައުތު ޕާސް/ނޯތު ޑޯމް ގޭސް-ކޮންޑެންސޭޓް ފީލްޑަކީ ޤަޠަރާއި އީރާނާ ދެ ޤައުމަށް ނިސްބަތްވާ ތަނެކެވެ.

ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުލްރަޙްމާން އައް-ޘާނީ ވަނީ އީރާނުގެ ނިއުކްލިއަރ މައްސަލައަށް ޞުލްޙަވެރި ޙައްލެއް ހޯދުމުގެ މުހިންމުކަން އަލިއަޅުވާލައްވާފައެވެ. އަދި މި މައްސަލައިގައި އަސްކަރީ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރުއަޅުއްވާފައިވެއެވެ. މި ކަމަކީ ގަލްފު ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިންމު ކަމެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

H6txovzbmjojwefnjhdb

ދިވެހި ޙައްޖުވެރިންގެ ލަގެޖު ރައްކާތެރިކުރުމަށް ޕާސްޕޯޓާ ގުޅުވާލެވިފައިވާ ޚާއްޞަ ޓެގިންގ ނިޒާމެއް ތަޢާރަފުކުރަނީ

H6txovzbmjojwefnjhdb

މި އަހަރުގެ ތެރޭގައި ލޭ ހަދިޔާކުރާ ފަރާތްތަކަށް ޚާއްޞަ ރެޖިސްޓްރީއެއް ތަޢާރަފުކުރާނަން: ހަލީމް

H6txovzbmjojwefnjhdb

އެސްޓީއޯ އިން ހިޓާޗީ އޭސީ ޕްރޮމޯޝަން ފަށައިފި

HHotQBXbUAAsxcC

ޕްލާސްޓިކް ރީސައިކަލް ކުރާ މަރުކަޒުގެ ބިންގާ އަޅައިފި