ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙާފިޒުންގެ ސަނަދު އެމްކިޔުއޭ އިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރަނީ

000 33kz7r8 24
STO_Ads
TTH_Ads
Advertisement

ކީރިތި ޤުރުއާން ހިތުދަސްކޮށް ޙާފިޒުންނަށް ވާ ފަރާތްތަކަށް ދޫކުރާ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރުމަށް ނިންމައިފިއެވެ. މިއީ މިދިޔަ އަހަރު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި އެމްކިޔުއޭއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު ގެނެވުނު ބަދަލެކެވެ.

މި ބަދަލާއެކު، ޙާފިޒުކަމުގެ ސަނަދު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓްގެ ފެންވަރުގައި ބަލައިގަނެވޭނެއެވެ. މި ސަނަދު ހޯދުމަށް ދެ މަގެއް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން، ފުރަތަމަ މަގަކީ ލޯވަރ ސެކަންޑަރީ ސެޓްފިކެޓް ހާސިލުކުރުމާއެކު، މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކްގެ ލެވެލް 3ގެ ސަނަދެއް ހާސިލުކުރުމެވެ. ދެވަނަ މަގަކީ 18 އަހަރު ފުރިހަމަވެ، އެއް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ލެވެލް 3ގެ ސަނަދެއް ހާސިލުކުރުމެވެ.

HajjCop_ads
MMA_Ads
Advertisement

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ޙާފިޒުންނަށް ސަނަދު ދޫކުރުމުގެ އުސޫލަށް އިތުރު ލުއިތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް، ކުރިން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިޙާނު ހަދަންޖެހުނު ނަމަވެސް، މިހާރު ސީދާ ސަނަދު ދެވޭގޮތަށް ހަމަޖެހިފައިވުން ފާހަގަކުރެވެއެވެ.

ޙާފިޒުންނަށް ސަނަދު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ހިންގާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުންނެވެ. މި މަރުކަޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ ޤުރްއާން ހިތުދަސްކުރުމުގެ ކުލާސްތަކުން ދަރިވަރުން އިމްތިޙާނުކޮށް، ފާސްވާ ފަރާތްތަކަށް ސަނަދު ދޫކުރެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވޯލްޑް މުސްލިމް ލީގުގެ ދައުވަތަކަށް ޝަހީމް މެލޭޝިޔާއަށް

Zuvaan Khatheebun

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ފަސްވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވަނީ

ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީގެ ޓީމެއް ރާއްޖެއަށް