ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާގަށް ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް އެވޯޑު ލިބިއްޖެ

STO_Ads
TTH_Ads
Advertisement

ދުނިޔޭގެ ނަން މަޝްހޫރު ސްޕީޑް ޓެސްޓް ކުންފުނި “އޫކްލާ” އިން ދިވެހިރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު ދިރާގަށް ހޮވައިފިއެވެ. މިއީ މި އެވޯޑު ދިރާގަށް ލިބުނު ހަތަރުވަނަ ފަހަރެވެ.

މި އެވޯޑު ދީފައިވަނީ ބާސެލޯނާގައި ބޭއްވުނު މޯބައިލް ވޯލްޑް ކޮންގްރެސް 2025 ގައެވެ. މިއީ މޮބައިލް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުންތައް ދައްކުވައިދޭ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ޕްލެޓްފޯމެވެ.

ދިރާގުން ވިދާޅުވެފައިވަނީ މި ކާމިޔާބީއަކީ އެ ކުންފުނިން ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއް ކަމުގައެވެ.

HajjCop_ads
Advertisement

އޫކްލާއިން މި އެވޯޑު ދިރާގަށް ދީފައިވަނީ 2022 ވަނަ އަހަރުގެ ފަހު ދެ ކުއާޓަރުގެ މަސައްކަތްތަކަށް ބެލުމަށްފަހުގައެވެ. ދިރާގަކީ ދެކުނު އޭޝިޔާ އަދި ދިވެހިރާއްޖޭގައި ވިޔަފާރި އުސޫލުން 5ޖީ ޚިދުމަތް ތަޢާރަފުކުރި ފުރަތަމަ ޑިޖިޓަލް ޚިދުމަތްދޭ ފަރާތެވެ. 2019 ވަނަ އަހަރު ފެށި މި ޚިދުމަތް މިހާރު ވަނީ ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް ލިބޭ ހިސާބަށް ފުޅާވެފައެވެ.

މި އެވޯޑާ ހަވާލުވެވަޑައިގަތީ ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދު އަދި ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރ މުޙައްމަދު މުސްޢަދެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ދިރާގުގެ އެމްޑީ އަދި ސީޓީއޯ ވިދާޅުވެފައިވަނީ، މިއީ އެ ކުންފުނިން ފަޚުރުވެރިވާ ކަމެއް ކަމަށާއި، އެންމެ ރަނގަޅު ޑިޖިޓަލް ތަޖުރިބާ ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެންގުޅޭ އަޒުމުގެ ހެއްކެއް ކަމުގައެވެ. އަދި ދިރާގުގެ 5ޖީ ޚިދުމަތާއެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ގުޅުން ބޭއްވުމަށާއި، މަސައްކަތްކުރުމަށާއި، ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M Mondhu
Evod libigen fakhuru veri viyas emmen ge shakuva akee dhiraagu network slov

ގުޅުންހުރި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

Big qKRQqayyDMU9OVpNe0mqEgvuG

40 އަހަރުގެ ޚިދުމަތަށްފަހު އިސްމާޢީލް ދިރާގާ ދުރަށް

dhiraagu

ދެވަނަ ކުއާޓަރުގައި ދިރާގަށް 734 މިލިއަން ރުފިޔާ

ދިރާގު 2ވަނަ ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވައިފި