ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްގެ ސްޓޯރޭޖް ކެޕޭސިޓީ 5100 ޓީއީޔޫ އަށް

TTH_Ads
Maldivian_Ads
STO_Ads
Advertisement
މި އަހަރު އެމްޕީއެލްގެ ކޮންޓެއިނަރ ސްޓޯރޭޖް ޖާގަ 5,100 ޓީއީޔޫ (20 ފޫޓުގެ ކޮންޓެއިނަރާ އެއްވަރުގެ ޔުނިޓް) އަށް އިތުރުކުރެވިފައިވާ ކަމަށް ކުންފުނިން ހާމަކޮށްފިއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދިން “ރޯދައަށް ތައްޔާރު” ޕްރޮގްރާމުގައި އެމްޕީއެލްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އިލްޔާސް މުޙައްމަދު ވިދާޅުވެފައިވަނީ، މިދިޔަ އަހަރު ފެށުނުއިރު އެމްޕީއެލްގެ ސްޓޯރޭޖް ކެޕޭސިޓީ ހުރީ 3,600 ޓީއީޔޫގައި ކަމަށާއި، މިއަހަރު އެ އަދަދު 5,100 ޓީއީޔޫއަށް އިތުރުކުރެވިފައިވާ ކަމަށެވެ. މިއީ މިހާތަނަށް ލިބިފައިނުވާ ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމުގައި އިލްޔާސް ފާހަގަކުރެއްވިއެވެ.

އިތުރަށް އިލްޔާސް ވިދާޅުވީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މިގޮތުން މިހާރު ބޭނުންކުރަމުންދާ ގުދަން، ރޯދަމަހަށް އެތެރެކުރެވޭ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ރައްކާކުރެވޭނެ ތަނަކަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި އެހެނިހެން މުދާ ހުޅުމާލެއަށް ބަދަލުކޮށް، އެތަނުން ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ޔާޑު ސަރަޙައްދުގައި އިތުރު ގޭޓެއް ހުޅުވައި، އެތަނުން ވެސް މުދާ ކްލިއަރ ކުރެވޭނެ ގޮތަށް ތައްޔާރުވެފައިވާ ކަމަށް އިލްޔާސް ހާމަކުރެއްވިއެވެ.

HajjCop_ads
Advertisement

އިލްޔާސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަމަޟާން މަހަށް ޚާއްޞަކޮށް މުވައްޒަފުންގެ އަދަދު ވެސް އިތުރުކުރެވިފައިވާ ކަމަށާއި، އެމްޕީއެލް ވަނީ ރަމަޟާން މަހަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ހޭލުންތެރިކުރުވުމަށް ސައިލެންޓް ހަރަކާތެއް ހިންގައިފި

hulhumale

ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

Hulhumale

ނަފްސާނީ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުމާލޭގައި އަޅައިދޭނެ ބަޔަކު ހޯދަނީ

Img md 202609170434211789644861.1978

އެމްޕީއެލްގެ މުވައްޒަފެއް ސިންގަޕޫރުގެ ކޯހެއްގައި ބައިވެރިވެއްޖެ