ވެމްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މޫސުން ގޯސްވެފައިވާ ނަމަވެސް، އެ ކުންފުނިން ވަނީ މެދުކެނޑުމެއްނެތި ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް، މޫސުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ، އެކަން ވެމްކޯގެ ސަމާލުކަމަށް ގެނައުމަށް އެދިފައިވެއެވެ. މިފަދަ ހާލަތެއްގައި ނުވަތަ ޚިދުމަތް ނުލިބޭނަމަ ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅުމަށް އާންމުންނަށް އިރުޝާދު ދެއްވާފައިވެއެވެ.
މީގެއިތުރުން، ރަމަޟާން މަހާ ގުޅިގެން ކުނި ނެގުމުގެ ޚިދުމަތުގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަން ވެމްކޯއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން:
- މާލޭގައި: ރޭގަނޑު 20:30 އިން ދަންވަރު 02:30 އަށް
- ހުޅުމާލޭގައި: ރޭގަނޑު 21:00 އިން ދަންވަރު 01:00 އަށް
- ވިލިމާލޭގައި: ރޭގަނޑު 21:30 އިން ދަންވަރު 01:30 އަށް
ކުނި ނެގުމުގެ ޚިދުމަތް ދެމުން ގެންދާނެއެވެ.
ވެމްކޯއިން ވަނީ ކުނި ނެރުމުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް އާންމުންނަށް ހަނދާންކޮށްދީފައެވެ. ޚާއްޞަކޮށް ބިއްލޫރި ނުވަތަ ތޫނު އެއްޗެހި އުކާލާނަމަ، އެފަދަ ތަކެތި ރަނގަޅަށް ބަންދުކޮށް، ވަކިން ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެއެވެ. މިއީ ކުނި ނަގާ މުވައްޒަފުންނަށާއި އެހެނިހެން ފަރާތްތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.