ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެމްކޯގެ އިދާރީ ޚިދުމަތްތައް އެޕް މެދުވެރިކޮށް ހޯދޭ ގޮތް ހަދައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ އިދާރީ ޚިދުމަތްތައް އެޕް މެދުވެރިކޮށް ހޯދޭ ގޮތް ހަދައިފިއެވެ.

މިގޮތުން ވެމްކޯގެ އިދާރީ ޚިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް “ވެމްކޯ” މޯބައިލް އެޕްލިކޭޝަން މިހާރު ވަނީ އިފްތިތާޙުކޮށްފައެވެ.

ވެމްކޯއިން ބުނީ، މޯބައިލް އެޕްލިކޭޝަނާއެކު ވެމްކޯއިން ހޯދާ އެންމެހާ އިދާރީ ޚިދުމަތްތައް މިހާރު ފަސޭހަކަމާއެކު އޮންލައިންކޮށް ހޯދޭނެ ކަމަށެވެ.

HajjCop_ads
Advertisement

އެގޮތުން ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީވުމާއި، ވަކިވަކިން އުކާލާ ކުނި އުކާލުމަށް ރިކުއެސްޓް ކުރުމުގެ ކަންކަންވެސް އެޕް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި ޚިދުމަތާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށައަޅަން ބޭނުންވާނަމަ، އެކަމަށް އެދި އެޕްލިކޭޝަންގެ ޒަރިއްޔާއިން ހުށައެޅޭނެއެވެ.

މީގެއިތުރުން، ވެމްކޯގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް، ވެމްކޯގެ އެޖެންޓުންނާ ޗެޓްވެސް ކުރެވޭނެއެވެ. އެގޮތުން ރަޖިސްޓްރީ ކުރާ މައްސަލަތަކާއި، މައްސަލަތައް ގޮސްފައިވާ ހިސާބުތައް އަދި ކޮށްފައިވާ މުޢާމަލާތްތައްވެސް އެޕްގާ ފެންނަން ހުންނާނެއެވެ.

އަދި ވެމްކޯގެ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންކަންވެސް އެޕްލިކޭޝަނާއެކު މިވަނީ ވަރަށް ބޮޑަށް ފަސޭހަވެފައެވެ. އެގޮތުން ބިލުގެ ތަފްސީލާއި، ކުރީގެ ބިލުތައްވެސް ބަލާލެވޭނެއެވެ. އަދި އެޕްގެ ތެރެއިން ފައިސާ ދެއްކޭނެ ގޮތްތައްވެސް ހިމަނާފައިވެއެވެ. ވެމްކޯގެ އެޕްލިކޭޝަން އެޕް ސްޓޯ އަދި ގޫގުލް އެޕްއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

އެޕް ބޭނުން ކުރެވޭނީ، އީފާސް މެދުވެރިކޮށް ރަޖިސްޓްރީވެގެންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HPqnv46akAA8rux

ވެމްކޯގެ ޚިދުމަތް ރަށްރަށުގައި ފެށުމަށް ބޭނުންވާ އުޅަނދުތައް ގެނެސް ކުންފުންޏާ ހަވާލުކޮށްފި

wamco md

ސިޓީ ކައުންސިލުން ވެމްކޯއަށް 116 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް: ވެމްކޯ

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

wamco

ކުރިއެކޭ އެއްގޮތަށް ކުނި ނެގުމުގެ ހިދުމަތް މާދަމާ ފަށާނެ: ވެމްކޯ