ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކްސްޕެޓް ސިސްޓަމް މައްސަލައިގައި ކުރީގެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ހުށަހަޅުއްވާނަން: ވަޒީރު އިޙްސާން

Large Thumb 1740465520326
STO_Ads
TTH_Ads
Advertisement

އެކްސްޕެޓް ސިސްޓަމް މައްސަލައިގައި ކުރީގެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ހުށަހަޅުއްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން، އެކްސްޕެޓް ސިސްޓަމާ ގުޅޭގޮތުން ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުގެ ތަފްޞީލު ވަޒީރު ހާމަކުރެއްވިއެވެ. މިގޮތުން، 2016 ވަނަ އަހަރު މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ކުންފުނިން 13.4 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، 2019 އިން ފެށިގެން އެ ކުންފުނިން މިކަމާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާ މުޢާމަލާތްކުރަމުން ދިޔަ ނަމަވެސް، އެކަށީގެންވާ ޖަވާބެއް ނުދީ 2022 ވަނަ އަހަރާ ހަމައަށް ދިޔަކަމަށެވެ. މި މައްސަލައިގައި ދައުލަތަށް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާތީ، ކުރީގެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

އައު ސިސްޓަމް ޤާއިމްކުރެވުމުން ދިވެހި ދައުލަތަށް 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަޒީރު ލަފާކުރައްވާ ކަމަށާއި، މިހާރު ހުރި ސިސްޓަމުން އެވްރެޖްކޮށް އަހަރަކު 770 މިލިއަން ރުފިޔާ ލިބޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Majilis

ސައިބަރ ސެކިއުރިޓީގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

majilis

ގުނަވަން ހަދިޔާކުރާ ބިލު އިތުރަށް ފުރިހަމަކުރަން ކޮމެޓީއަށް

Sstv FORM FOR EC

ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރައްވައި ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި

Zareer

ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް