ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްޓީއޭގެ ދަށުން އެންސިސްގެ މަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ނެރެން އެއްބަސްވެއްޖެ

Iw
STO_Ads

ރާއްޖެ އާއި ޗައިނާ އާ ދެމެދު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން އެންސިސް ފިޝަރީޒްގެ މަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް އެކްސްޕޯޓު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެންސިސްގެ މަހުގެ އުފެއްދުންތައް ޗައިނާ އަށް އެކްސްޕޯޓު ކުރުމަށްޓަކައި ބެއިޖިންގެ ޝިންގުއާންގް ޝޯ ކޮމާޝަލް މެނޭޖްމަންޓް ކުންފުންޏާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއީ އެފްޓީއޭގެ ދަށުން ރާއްޖޭގެ މަހުގެ ބާވަތްތައް ޗައިނާ މާކެޓަށް ގެންދިޔުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

Maldivian_Ads

މި އަހަރުން ފެށިގެން އަމަލުކުރަން ފެށި އެފްޓީއޭގެ ދަށުން، ރާއްޖެ އިން ޗައިނާ އަށް އެކްސްޕޯޓްކުރާ މަހުގެ ހުރިހާ ބާވަތަކަށް ޑިއުޓީ މާފުވާނެއެވެ. އޭގެ ތެރޭގައި ތާޒާ، ފިނިކޮށްފައި އަދި ގަނޑުކޮށްފައި ހުންނަ ކަޅުބިލަމަހާއި ފާނައިގެ ބާވަތްތަކާއި އަދި ކަންނެލީގެ ބާވަތްތަކާއި މަސްދަޅާއި ވަޅޯ މަހާއި ލޮނު މަހުގެ އިތުރުން ސީފުޑްގެ ބާވަތްތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން ވެސް، ސުން ޕަސެންޓު ޑިޔުޓީގައި 7،000 އަށް ވުރެ ގިނަ އައިޓަމް ޗައިނާ އަށް އެކްސްޕޯޓް ކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެފްޓީއޭއަށް އަމަލުކުރަން ފެށުމުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު