ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނިމާދޫ އެއާޕޯޓުން ޑްރަގާއެކު ބަޔަކު ހައްޔަރުކޮށްފި

Dsss
STO_Ads
މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހަނިމާދޫ އެއާޕޯޓުން ހަތަރު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެ ހަތަރު ޒުވާނުން ހައްޔަރުކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ރޭ ދަންވަރު ހިންގި އޮޕަޜޭޝަނެއްގެ ތެރެއިންނެވެ.
އެ މައްސަލައިގައި އަންހެނަކު ވެސް ހައްޔަރުކުރި އިރު ފުލުހުން މިއަދު ވަނީ އެ އެންމެންގެ ވަނަވަރުވެސް އާންމުކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ؛

– ނ. ވެލިދޫ / މޯނިންގސަން، ފާތިމަތު ޝާހާ ހަސަން (20އ)

Maldivian_Ads

– ކ. ގުރައިދޫ / ނަލަވާ، ޙުސައިން ޝާވިން (22އ)

– ސ. ފޭދޫ / ރަތްވިލާގެ، މުހައްމަދު ރިލުވާނު އަބްދުއްސައްތާރު (22އ)

– އަދި ދ. ކުޑަހުވަދޫ / މާހިލް، އަރްސަމް އަލީ ވަޙީދު (28އ) އެވެ.

ހަނިމާދޫ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުުނު ކަމަށާއި އެ ތަކެތީގެ ބަރުދަނަކީ 13.85 ގުރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IRAN WAR COMMITEE 1536x951

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލެއް

43

ހުޅުމާލޭ ފޭސް2 ގައި ދެ މިސްކިތެއްގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ

43

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފި

Igmh

ރައީސުލްޖުމްހޫރިއްޔާ “ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް” މިއަދު އުފައްދަވައިފި