ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުއްދައާ ހިލާފަށް ކޯސްތައް ހިންގާ ކަމަށް އެމްކިޔުއޭއިން ބުނެފި

Mmmd
Maldivian_Ads
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ރާއްޖޭގައި ކޯސް ހިންގާ ގޮތަށް ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ރާއްޖޭން ބޭރުގެ ބައެއް މަަރުކަޒުތަކުގައި އޭގެ ކޯސްތަކެއް ހިންގާ ކަމުގެ މައްސަލަ ފާހަގަވެގެން އެ ގޮތަށް ހިންގާ ކޯހެއްގެ ސަނަދުތައް ގަބޫލު ނުކުރާނެ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފިއެވެ.

އެމްކިއުއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އޮތޯރިޓީން ގަބޫލު ނުކުރާ ބޭރުގެ ބައެއް މަރުކަޒުތަކުގައި ހިންގަމުންދާ ކަމަށެވެ. އަދި އެފަދަ މަރުކަޒުތަކުގައި އެ ޕްރޮގްރާމްތައް ހިންގާ އިޝްތިހާރުކޮށް ސަނަދު ވެސް ދީފައިވާ ކަމުގެ މައުލޫމާތު ރާއްޖެއިން ބޭރުގެ ކަމާ ބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެހެންވެ އެކަން ދަރިވަރުންގެ ސަމާލުކަމަށް ގެނެސް އެމްކިއުއޭއިން ބުނީ އެފަދަ މަރުކަޒުތަކުން ދޫކުރާ ސަނަދުތައް ގަބޫލު ނުކުރާނެ ކަމަށާއި އެކަމާ ހުރެ ދަރިވަރުންނަށް ލިބޭ ގެއްލުންތަކުގެ ޒިންމާވެސް ނުނަގާނެ ކަމަށެވެ.

HajjCop_ads
Advertisement

“ވުމާއެކު ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގަމުން ދިއުމަކީ މި އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެކެވެ،” އެމްކިއުއޭގެ ބަޔާނުގައި ވެއެވެ.

އެމްކިއުއޭއިން އިތުރަށް ބުނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ޕްރޮގްރާމްތައް ހިންގަމުން ދިއުމަކީ ރާއްޖޭގެ މަތީ ތައުލީމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އެހެންވެ އެކަމާ ގުޅުން ހުރި އުސޫލެއް އެކުލަވާލާ އާންމުކުރުމުގެ މަސައްކަތް މިހާރުކުރަމުންދާ ކަމަށް އެމްކިއުއޭއިން ބުންޏެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ހުއްދައާ ޚިލާފަށް ހިންގާ ޕްރޮގްރާމްތަކުން ދޭ ސަނަދުތައް ގަބޫލެއް ނުކުރާނަން: އެމްކިޔުއޭ

000 33kz7r8 24

ޙާފިޒުންގެ ސަނަދު އެމްކިޔުއޭ އިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރަނީ