ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ތިން ޤައުމަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކަށް ރުހުން ދެއްވައި، ސްވިސް ކޮންފެޑެރޭޝަން، ބޫޓާން އަދި ކުވެއިތަށް ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ސަފީރުކަމަށް ހުށަހެޅުއްވި ނަންފުޅުތަކަކީ:

އިޝްތިހާރު އިޝްތިހާރު

1. ބޫޓާނަށް: ސ. ހުޅުދޫ / އަސަރީގެ، ޝިއުނީން ރަޝީދު (މިހާރު ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު)
2. ކުވެއިތަށް: މ. ވެސްޓްސައިޑް، އަޙްމަދު ސަރީރު (މިހާރު ސަޢޫދީ ޢަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު)
3. ސްވިސް ކޮންފެޑެރޭޝަނަށް: މ. ވިލާދޮށުގެ، ޑރ. ސަލްމާ ރަޝީދު (މިހާރު ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ދާއިމީ މަންދޫބު)

މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން:

- ބޫޓާނަށް ޝިއުނީން ރަޝީދު ޢައްޔަންކުރެއްވުމަށް 72 މެންބަރުން
- ކުވެއިތަށް އަޙްމަދު ސަރީރު ޢައްޔަންކުރެއްވުމަށް 73 މެންބަރުން
- ސްވިސް ކޮންފެޑެރޭޝަނަށް ޑރ. ސަލްމާ ރަޝީދު ޢައްޔަންކުރެއްވުމަށް 74 މެންބަރުން

ތާއީދުކުރައްވައި ވޯޓު ދެއްވިއެވެ. މިއާއެކު، މި ތިން ޤައުމަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި މި ތިން ބޭފުޅުން ޢައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ލިބިވަޑައިގެންފައިވެއެވެ.