ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒާހިދު އީސީގެ ރައީސްކަމަށް، ނައިބު ރައީސްކަމަށް ސަލާހް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

B Noievcqoquyh3xvbcfsxesism
TTH_Ads
STO_Ads
Advertisement

އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޒާހިރު އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވޯޓުންނެވެ. އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަންކުރަން ފެންނަކަމަށް ވޯޓުދެއްވީ 69 މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް މިދިޔަ އަހަރު ގެންނެވި އިޞްލާހުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ހޮވަނީ އެކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އައު އިޞްލާހުގެ ދަށުން އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ، ދިރާސާކުރެއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީންވެސް ނިންމެވީ އެ ދެމަޤާމަށް އެބޭފުޅުން އައްޔަންކުރުމަށް ފެންނަކަމަށެވެ.

HajjCop_ads
Advertisement

މުޙައްމަދު ޒާހިދާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 26ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނަކީ 7 އޮގަސްޓް 2008ން ފެށިގެން އަމަލުކުރަން ފެށި ޤާނޫނުއަސާސީގެ ދަށުން އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ. މިއީ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި ސިޔާސީ ޕާޓީތައް ރަޖިސްޓަރީކޮށް، ޤާނޫނުގެ ދަށުން ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެއްވުމަށް އުފައްދަވާފައިވާ މުއައްސަސާއެކެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މިވަގުތު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ޑރ. މުޙައްމަދު ޒާހިރާއި، މެންބަރު ޙަސަން ޒަކަރިއްޔާއާއި، މެންބަރު ޢަބްދުލްހަސީބް އިސްމާޢީލާއި، މެންބަރު މުޙައްމަދު ޒާހިދު އަދި މެންބަރު ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް

CEV1UTPynNfdhixC99klhF2INIa7yGa8HC68DwMY 551x431

ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް ފަޅުތަކާއި ރަށްތައް ބޭނުންކުރެވިގެން ނުވާނެ: މެންބަރު އިބްރާހީމް ޙުސައިން

majilis

ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް

Qw

އިދިކޮޅު އެމްޑީޕީގެ ޒާތީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ބޮޑެތި އިންވެސްޓްމަންޓްތައް ގެއްލޭ ކަމަށް މެންބަރު ޠާރިޤް ވިދާޅުވެއްޖެ