ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހދ. އަތޮޅުގެ ރަށްތަކަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފައްޓަވައިފި

Eew
STO_Ads

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ދެއްވާ ރޯދަ ހަދިޔާ ހދ. އަތޮޅުގެ ރަށްތަކަށް ބަހަން ފައްޓަވައިފި ކަމަށް އެ އަތޮޅުގެ ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނާއިބް ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މިހާތަނަށް އެ އަތޮޅުގެ ކުޅުދުއްފުށި ސިޓީއަށާއި، ނޮޅިވަރަންފަރަށާއި، ހަނިމާދޫއަށާއި އަދި ކުރިނބީގެ ގެތަކަށް ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަސްދަޅު ކޭސް ބަހައި ނިންމާފައެވެ.

މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ ރަށްތަކަށް މި ހަފުތާ ތެރޭގައި މަސްދަޅު ކޭސް ލިބިގެން ދާނެ ކަމަށް ވެސް ޢަލީ ޝަމީމު ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހދ. އަތޮޅުގެ ރަށްރަށަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރާ ދޯނި މިއަދުވެސް އެ މަސައްކަތުގައި ޙަރަކާތްތެރިވަމުން އެބަދެއެވެ.

Maldivian_Ads

ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ހެޔޮ ޢިނާޔަތްތަކެއް ރަމަޟާންމަހާ ގުޅިގެން ދިވެހި ރައްޔިތުންނަށް އަންނަނީ ސަރުކާރުން ފޯރުކޮށް ދެއްވަމުންނެވެ. އެ ގޮތުން ރަމަޟާންމަހުގެ ފަހު 10 ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި، ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޯދަ ހަދިޔާ ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން ވެސް ބައެއް ޢިނާޔަތްތައް ރޯދަމަހާ ގުޅިގެން، ފާއިތުވެ ދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަން ފާހަގަކޮށްލަމެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު