ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޖިލީހުގެ މަސައްކަތްތައް ޑިޖިޓައިޒްކުރުމަށް ލޮކްސަބާ އިން ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ

Psmw
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޒަމާނާއި އެއްގޮތަށް ތަރައްޤީކޮށް ޑިޖިޓައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކްސަބާގެ ރައީސް އޯމް ބިރްލާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވެވި މަޝްވަރާގެ ތެރެއިންނެވެ.

އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެކަމަށްވާ ލޮކް ސަބާގެ ރައީސްއާއި ޤާނޫނު ހަދާ މަޖިލީހުގެ މަތިގެކަމަށްވާ ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއަށް ޒިޔާރަތްކުރައްވާފައެވެ.

HajjCop_ads
Advertisement

މިޒިޔާރަތުގައި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގޭގައި ޒަމާނާ އެއްގޮތަށް ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރާކަން މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޒަމާނާއި އެއްގޮތަށް ތަރައްޤީކޮށް ޑިޖިޓައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަޖިލީހުގެ ރައީސް ވަނީ ލޮކްސަބާގެ ރައީސްގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. އެކަމާއި ގުޅިގެން ލޮކްސަބާގެ ރައީސް އޯމް ބިރްލާ ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ޑިޖިޓައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މިކަމުގައި މަޖިލިސް މެމްބަރުންނާއި މަޖިލިސް އިދާރާގެ މުވައްޒަފުން ތަމްރީނުކުރުމުގައިވެސް އެހީތެރިކަން ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ލޮކްސަބާގެ ރައީސް އޯމް ބިރްލާ ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖެއަކީ އިންޑިއާއިން ގެންގުޅޭ “ނެއިބަރހޫޑް ފަސްޓް ޕޮލިސީ”އާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއިން ގެންގުޅޭ “ސާގަރް” ޕޮލިސީގައިވެސް މުހިއްމު ބައިވެރިއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި މަޖިލިސް ރައީސް އަރިހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދާއި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދާއި ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބްގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ބައިވެރިވެވަޑައިގަންނަވައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަތުރުވެރިކަމުގެ ސިނާޢަތުގެ ސިނާޢަތުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައިފި

އެގްރޯނެޓްގެ އެމްޑީއަކަށް ސިނާން، ޗެއާއަކަށް އަނަސް

WhatsApp Image 2026 10 05 at 19.38.22

ޅޮހީގައި ފެނަކައިން ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

ދިވެހި ދަރިވަރު މަރުވި އެކްސިޑެންޓްގައި ދުއްވި ކާރުގެ ޑްރައިވަރު ޑްރަގަށް ޕޮޒިޓިވް!