ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދައަށް ގެ ސާފުކުރާއިރު މަގުތަކަށް ކުނި ނާޅަން އިލްތިމާސްކޮށްފި

213
މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން މާލޭގެ މަގުމަތިން ކުނި ނަގަނީ/ ފޮޓޯ: މާލެ ސިޓީ ކައުންސިލް
STO_Ads
Maldivian_Ads
TTH_Ads
Advertisement

ރޯދައަށް ގެ ސާފުކުރާއިރު މަގުތަކަށް ކުނި ނާޅަން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކޮށް ޒީނަތްތެރިކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާކަމަށާއި އެފަދަ ކުނި ރަށްރަށާއި ސިޓީތަކުގެ މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމަކީ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ އަދި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.

“އެހެންވެ، މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް ދަންނަވަމެވެ. އަދި ރޯދަމަހަށް ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ރަށްރަށުގައި ނަމަ އެ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކާއި އަދި ސިޓީތަކުގައި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަނާއި ގުޅައިގެން ހަމަޖެއްސެވުމަށް ދަންނަވަމެވެ.” އީޕީއޭ އިން ބުންޏެވެ.

HajjCop_ads
Advertisement

އީޕީއޭ އިން ބުނީ، ތިމާވެށި ތަގައްޔަރުވާ ނުވަތަ ތަގައްޔަރު ވެދާނެ ގޮތަކަށް އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މަނާ ކަމެއް ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަތުރުވެރިކަމުގެ ސިނާޢަތުގެ ސިނާޢަތުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައިފި

އެގްރޯނެޓްގެ އެމްޑީއަކަށް ސިނާން، ޗެއާއަކަށް އަނަސް

WhatsApp Image 2026 10 05 at 19.38.22

ޅޮހީގައި ފެނަކައިން ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

ދިވެހި ދަރިވަރު މަރުވި އެކްސިޑެންޓްގައި ދުއްވި ކާރުގެ ޑްރައިވަރު ޑްރަގަށް ޕޮޒިޓިވް!