ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޓީއެމް ފޮޅާ ސާފުކުރަން ބީއެމްއެލް އިން މުވައްޒަފުން ނުނަގާތީ ލަންދޫ ކައުންސިލްގެ ނުރުހުން

234
STO_Ads

ބީއެމްއެލް އިން ނ. ލަންދޫގައި ބަހައްޓާ އޭޓީއެމް ފޮޅާ ސާފުކުރަން މުވައްޒަފުން ނުނަގާތީ އެެރަށު ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ބީއެމްއެލުން ޑިޒައިންކޮށްފައިވާ އެ އޭޓީއެމް ބޫތަކީ ދިގުމިނުގައި އެންމެ 22 ފޫޓު އަދި ފުޅާ މިނުގައި އެންމެ 12 ފޫޓުގެ ތަނެކެވެ. އެތަންތަން ފޮޅާ ސާފުކުރަން ލަންދޫ ކައުންސިލާ ހަވާލުކުރަން ބީއެމްއެލް އިން ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން ލަންދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް މުހައްމަދު ވިދާޅުވީ އެއަތޮޅު ވެލިދޫގައި އޭޓީއެމް ބަހައްޓާފައި ހުންނަތަން ސާފުކުރަނީ ބީއެމްއެލް އިން އެކަމަށް ހާއްސަކޮށް ނަގާފައިވާ މުވައްޒަފުން ކަމަށެވެ. ނަމަވެސް ލަންދުއަށްވީމަ ތަފާތުކުރަނީ ކަމަށް ބުނެ އޭނާ ވަނީ ނުރުހުންފާޅުކޮށްފައެވެ.

Maldivian_Ads

ލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށުގައި އޭޓީއެމެއް ބަހައްޓަން ނިންމި ނިންމުމަށް ތާއީދު ކަމަށެވެ. ނަމަވެސް އޭޓީއެމް ބަހައްޓާ ތަން ސާފުކުރާނެ މުވައްޒަފުން ހޯދާނެ ބަޖެޓެއް އެ ކައުންސިލްގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން ލޯކަލް ގަވާމެންޓް މިނިސްޓްރީއަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ.

ލަންދޫ ކައުންސިލުން އެ ރަށުގައި އޭޓީއެމް ބަހައްޓަން ދެކޮޅު ހަދާ ކަމަށް ބުނެ އެރަށު ބަޔަކު ވަނީ ކައުންސިލް އިދާރާ ތެރެއަށް ވަދެ މުޒާހަރާ ވެސް ކޮށްފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިއަހަރުގެ “ބިލްޑް އެކްސްޕޯ” ފަށައިފި

PNC

އެންމެ ގިނަ ގޮނޑި ކޮންގްރެސްއަށް

zameer

ހަނގުރާމައިގެ އަސަރު ބަލާ ކޮމިޓީ އަލުން އެކުލަވާލައި ޗެއާއަކަށް ޒަމީރު

health ministry

ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގޫ ފެތުރޭ މިންވަރު އިތުރުވެދާނެ: އެޗްޕީއޭ