ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްޑީސީގެ ވެރިން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

ހަމް
ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް
TTH_Ads
Maldivian_Ads
STO_Ads
Advertisement

ފަހިދިރިއުޅުން ކޯޕަރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ގަލޮޅު އިތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި މުހައްމަދު އިބްރާހިމް އިއްޔެ ފޮނުވި ސިޓީގައި ބުނެފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 4000 ހައުސިން ޔުނިޓުގެ މަޝްރޫއު ހިންގަން އިންޑިއާއިން ނެގި ލޯނުގެ ރިޕޭމަންޓުގެ ގޮތުގައި ކޮންމެ މަހަކު، 23.3 މިލިއަން ރުފިޔާ ދައުލަތުން ދައްކަމުންދާ ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި ރިކަރަންޓު ޚަރަދުތަކަށް މަހަކު 3.2 މިލިއަން ރުފިޔާ ޚަރަދުވާކަން ތަފާސްހިސާބުތަކުން ހާމަވާ ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އޭނާ ލަފާކުރައްވާގޮތުގައި މިހާރު ނިންމާފައިވާ 744 ފްލެޓުތައް އޭގެ ހައްގުވެރިންނަށް ހަވާލުކޮށް މިހާރު މަސައްކަތް ނިމިފައި އޮތް ކޮމާޝަލް އޭރިއާ ކުއްޔަށް ދޫކޮށްފި ނަމަ ދައުލަތަށް މަހަކު 10 މިލިއަން ރުފިޔާ ލިބޭނެއެވެ.

HajjCop_ads
Advertisement

ދައުލަތަށް ގެއްލުންވަނީ ނިމިފައި ހުރި ފްލެޓްތައް ހަވާލުނުކުރާތީ ކަމަށް އެ ސިޓީގައިވެއެވެ. އޭނާ ވިދާޅުވަނީ އެއީ ގަސްތުގައި ދައުލަތަށް ގެއްލުންދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

އެ ކުންފުނީގެ ވެރިން ހާޒިރުކުރާ ސަބަބަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރަމުންދަނީ ކޮން ސަބަބަކާ ހުރެތޯ ސުވާލުކުރުމަށް ކަމަށް މެމްބަރު ކުޑޫ ވިދާޅުވިއެވެ.

ސަރުކާރުން ބުނެފައި ވަނީ ރޯދަ މަސް ނިމުމުގެ ކުރިން ފްލެޓް ލިބޭ 4000 މީހުންގެ ލިސްޓް އާންމުކުރާނެ ކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަތުރުވެރިކަމުގެ ސިނާޢަތުގެ ސިނާޢަތުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައިފި

އެގްރޯނެޓްގެ އެމްޑީއަކަށް ސިނާން، ޗެއާއަކަށް އަނަސް

WhatsApp Image 2026 10 05 at 19.38.22

ޅޮހީގައި ފެނަކައިން ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

ދިވެހި ދަރިވަރު މަރުވި އެކްސިޑެންޓްގައި ދުއްވި ކާރުގެ ޑްރައިވަރު ޑްރަގަށް ޕޮޒިޓިވް!