ވިޔަފާރިކުރުމަށްފަހު ފައިސާ ޓްރާންސްފާ ކުރިކަމުގެ ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވާފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް ފިހާރައިން ވިޔަފާރިކޮށް ފޭކު ސްލިޕެއް ފޮނުވި މައްސަލަ ވިލިމާލެ ޕޮލިހުން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އެއީ ކޮންބައެއްކަން ދެނެގަނެވިފައިނުވާކަމަށެވެ.

ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދުނެވެ.

އިޝްތިހާރު އިޝްތިހާރު

އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ވެސް ފުލުހުން ޝުކުރު އަދާކުރިއެވެ.