ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައުދީން ހަދިޔާކުރި ކަދުރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަހައި ނިންމާލައިފި

Kadh
STO_Ads
TTH_Ads
Maldivian_Ads
Advertisement

ސައުދީ އަރަބިއާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ބަހަން ކަނޑައެޅި ކަދުރުތައް ބަހައި ނިންމާލައިފިއެވެ.

މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ގެނައި އެ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފެށީ މިދިޔަ މަހުގެ 20 ވަަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލޭ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދަށް މިހާރު ބަހާ ނިމިފައިވާކަމަށެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި ރަމަޟާންމަސް ފެށުމުގެ ކުރިން ކަދަރު ބެހުމުގެ ކަންކަން ކުރިއަށްގެންދެވުނު ފުރަތަމަ ފަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ސަޢުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރޭގައި 25،000 ޕެކެޓު ހިމެނެއެވެ. އެ ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރުކަމަށެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމުގެ ކަންކަން ކުރިއަށްގެންގޮސްފައި ވަނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. ރަށްރަށުގައި ނުވަތަ އަތޮޅުތަކަށް ކަދުރު ބެހުމުގެ ކަންކަން ކުރިއަށްދާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އީސާ
ބަލަ ބަލާ ދިޔާމަ ލިބޭނެ
އ އަހުމަދު
މިވެސް މާލޭމީހެެއް މިގެއަކަށް ހެއެެއްނޫވޭ ލިބުނުހެން

ގުޅުންހުރި

ފަތުރުވެރިކަމުގެ ސިނާޢަތުގެ ސިނާޢަތުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައިފި

އެގްރޯނެޓްގެ އެމްޑީއަކަށް ސިނާން، ޗެއާއަކަށް އަނަސް

WhatsApp Image 2026 10 05 at 19.38.22

ޅޮހީގައި ފެނަކައިން ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

ދިވެހި ދަރިވަރު މަރުވި އެކްސިޑެންޓްގައި ދުއްވި ކާރުގެ ޑްރައިވަރު ޑްރަގަށް ޕޮޒިޓިވް!