
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފުލުހުންގެ ފްލެޓްތަކުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އަށް ވަދެއްޖެއެވެ.
ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ ޕޮލްކޯ ފްލެޓްތަކުގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން އޭސީސީގެ ޓީމަކުން ޕޮލްކޯގެ އޮފީހަށް ވަދެ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ މައްސަލާގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތަށް 354 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓެއްގައިވެއެވެ.
އޮޑިޓް ރިޕޯޓްގައި ވަނީ އެ މަޝްރޫގައި ނުގަވާއިދުން ކޮށްފައިވާ ކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
އެ މައްސަލަ އޭސީސީއަށް ހުށަހެޅުމަށް ވެސް އޮޑިޓް އޮފީހުން ލަފާދިނެވެ. ނަމަވެސް އެ ކޮމިޝަނުން މައްސަލަ ތަހުގީގު ކުރަނީ އަމިއްލަ އިސްނެގުމަށެވެ.
އޭސީސީން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދަނީ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ހިންގައި ނިންމުމަށް ކަމަށެވެ.







ކިޔުންތެރިންގެ ހިޔާލު