ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިލައިގެން އުޅުނު ބިދޭސީއަކު އަނެއްކާވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Bbd
ފިލައިގެން އުޅުނު ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ
STO_Ads

ރައީސް ޑރ. މުހައްމަދު މުއިއްޒު މުހިންމު ސިޔާސަތެއް ތަންފީޒު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ ހާއްސަ އޮޕަރޭޝަންގެ ދަށުން މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ފިލައިގެން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، “އިމިގްރޭޝަން ވޮޗް” އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިއްޔެ ޓާސްކު ފޯހުން މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ބިދޭސީ މީހާ އަތުލައިގަތީ ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ފިލައިގެން އުޅުނުތަން ބަލައި ފާސްކޮށްގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

Maldivian_Ads

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގައި މިހާތަނަށް 5،600 އަށްވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. މީގެތެރެއިން ގިނައީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ.

މީގެއިތުރުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގާޕްރިންޓް އެއްކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިއަހަރުގެ “ބިލްޑް އެކްސްޕޯ” ފަށައިފި

PNC

އެންމެ ގިނަ ގޮނޑި ކޮންގްރެސްއަށް

zameer

ހަނގުރާމައިގެ އަސަރު ބަލާ ކޮމިޓީ އަލުން އެކުލަވާލައި ޗެއާއަކަށް ޒަމީރު

health ministry

ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގޫ ފެތުރޭ މިންވަރު އިތުރުވެދާނެ: އެޗްޕީއޭ