ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސް 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރެވޭނެ

Dsc 3993
STO_Ads
Maldivian_Ads
TTH_Ads
Advertisement

އިހަވަންދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިނިސްޓަރ ޝިޔާމްގެ އަތްޕުޅުން ކުރިއަށް ގެންދެވިއްޖެއެވެ.

މި ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިހަވަންދޫގައި މިކަމަށް ޚާއްޞަކޮށް އިންތިޒާމުކުރެވުނު ޙަފްލާއެއްގައެވެ.

މި ކޮމްޕްލެކްސްގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން، އިދާރީ އިމާރާތަކާއި، ކަރަންޓު އުފައްދާ މަރުކަޒެއް، އުޅަނދުފަހަރު މަރާމާތުކުރާ ވަރކްޝޮޕަކާއި މުދާ ރައްކާކުރާ ގުދަނެއްވެސް މި ކޮމްޕްލެކްސްގައި ހިމެނޭނެއެވެ. އަދި 130 މީޓަރުގެ ދިގު މަގަތު ފާލަމަކާއި، 3.5 މީޓަރުގެ ފުންމިނުގައި ބަނދަރެއް އަދި ތިން ތަނަކުން މަސްކިރޭ ޖެޓީއެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭނެއެވެ.

HajjCop_ads
Advertisement

މި މަޝްރޫޢަކީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ބޮޑުތިލަދުންމަތީގެ މަސްވެރިންނަށް ތެޔޮ އަދި އައިސް ހޯދުމަށް ދުރަށް ދަތުރުކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އައިސް، ޚަރަދުތައްވެސް ކުޑަވެގެންދާނެކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢުގެ ސަބަބުން އިހަވަންދޫގައި 150 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެކަމަށް އަންދާޒާކުރެވެއެވެ. މިއީ އުތުރުގެ މަސްވެރިކަމުގެ ޞިނާޢަތަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފެލިވަރުގައި ތަރައްގީކުރާ 4،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

mifco

މިފްކޯއަށް މަސްގަންނަ އަގު ބޮޑުކޮށްފި، މިއަދު ކިލޯއެއް 22ރ އަށް

Large thumb

ކައްޗަލަ އެކްސްޕޯޓްކުރަން 7 ފަރާތަކަށް ކޯޓާ ދޫކޮށްފި

އިޓަލީގެ ރޯމްގައި ބޭއްވި މަސްވެރިކަމުގެ ސަމިޓުގައި ދިވެހި މަސްވެރިއެއް ބައިވެރިވެއްޖެ!