ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރީޓޮޕްގެ “ނާޗާ” ޕްރޮގްރާމް ކާމިޔާބު ކަމާއެކު ބާއްވައިފި

Photo 2025 01 28 18.21.02
STO_Ads
TTH_Ads
Advertisement

ޓްރީ ޓޮޕް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ނާޗަރ ޕްރޮގްރާމްވަނީ މި އަހަރުގެ ފުރަތަމަ ފަހަރަށް، ޖެނަވަރީ މަހުގެ 25ވަނަ ދުވަހުގައި ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައިއެވެ. މި ޕްރޮގްރާމުގެ ތެރެއިން، މާބަނޑު، އަދި އަލަށް ކުދިން ލިބިފައިވާ ފަރާތްތަކަށް މުހިއްމު މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދެވުނެވެ. މި ޕްރޮގްރާމް ފަރުމާ ކޮށްފައިވަނީ ތަޖުރިބާކާރުންގެ އިރުޝާދާއި ޢަމަލީ ލަފާ މައިންބަފައިނަނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.

Photo 2025 01 28 18.21.04
“ނާޗާ” ޕްރޮގުރާމުގައި ބައިވެރިންނަށް މައުލޫމާތު ދެނީ.

ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ އިންޓަރެކްޓިވް ސެޝަންތައް ނަންގަވައިދެއްވާފައިވަނީ ގިނަ ދާއިރާތަކުގެ މާހިރުންގެ ޓީމަކުންނެވެ. މީގެ ތެރޭގައި ކޮންސަލްޓަންޓް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ ޑރ. މުނުސްވާމީ ނާރާޔަން ސަމްޕަތު، ކޮންސަލްޓަންޓް ނިއޮނޭޓޮލޮޖިސްޓް (އަލަށް ވިހާ ކުޑަކުދިންގެ ހާއްސަ) ޑރ. ސަރްފަރާޒް ރަފީޤް އަޙްމަދު މޮމޮން އަދި ޕީޑިއެޓްރިކްސް، ފިޒިއޮތެރަޕީ، ޑަރމެޓޮލޮޖީ އަދި ނާރސިންގ ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.

މި ޕްރޮގްރާމުގައި މުހިއްމު ގިނަ މައުޟޫތަކެއް ހިމެނުނެވެ. މީގެ ތެރޭގައި ގާތުންދިނުން، ވިހެއުމާއި ގުޅުންހުރި ކަންތައްތައް، އަލަށް ވިހާ ތުއްތުކުދިން ބެލުމުގެ އިރުޝާދާއި، މާބަނޑު ދުވަސްވަރުގެ ރިހުން މެނޭޖްކުރުން، ވިހެއުމުގެ ކުރިއާއި ފަހުގެ ފިޒިއޮތެރަޕީ، މައިންގެ ހަމުގެ ފަރުވާ، އަދި ތުއްތުކުދިން ފެންވެރުވުމާ ގުޅޭ މައުލޫމަތު ހިމެނެއެވެ. މި އިންޓަރެކްޓިވް ސެޝަންތަކުގައި މައިންބަފައިންނަށް ސުވާލުކުރުމާއި ޞިއްޙީ ފަންނުވެރިންގެ ފަރާތުން އަގުހުރި މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދިއައެވެ.

MMA_Ads
HajjCop_ads
Advertisement

ނާޗަރ ޕްރޮގްރާމް ނިމިގެން ދިއައީ ޑރ. މުނުސްވާމީ ނާރާޔަން ސަމްޕަތު އަދި ޑރ. ސަރްފަރާޒް ރަފީޤް އަޙްމަދު މޮމޮން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދެވުނު ސުވާލާއި ޖަވާބު ސެޝަނަކުންނެވެ. މި ސެޝަނުގައި މައިންބަފައިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ސުވާލުކުރުމާއި ތަޖުރިބާކާރުންގެ ލަފާ ހޯދުމުގެ ފުރުޞަތު ލިބިގެންދިއައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޙިދުމަތްތަކާއި އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޟިއަލިސްޓުންނާއި ސިއްޙީ ދާއިރާގައި އެކި ނަން މަޟްހޫރު ދާއިރާތަކުން ޙާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޟިއްހީ ޙިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ 2 ވަނަ ހެލްތް ކޭމްޕް ލ. ގަމުގައި ބާއްވަނީ

tree top

ވެކްސިންގެ މުހިންމުކަމާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ޚާއްސަ ސީއެމްއީ ސެޝަނެއް ބާއްވައިފި

988

ޑރ. ޕަންކަޖް: ހޯމޯންއާއި މެޓަބޮލިކް އާއި ހަކުރުގެ ބަލިތަކަށް ފަރުވާދިނުމުގައި ތަޖުރިބާކާރު ޑޮކްޓަރެއް

tree top

ޓްރީޓޮޕްގެ ހެލްތު ކޭމްޕެއް މިމަހު 10 އަދި 11ގައި ށ. ފުނަދޫގައި