ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމް ކުރައްވަނީ

Img 4698
TTH_Ads
STO_Ads

މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން، ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ އެއް ޔުނިޓް މި އަހަރު ތެރޭގައި ގާއިމުކުރައްވާނެ ކަމުގައެވެ.

ރައީސް ވިދާޅުވީ ޕަބްލިކް ވަރކް ސައިޓްތައް ހެދުމަކީ އިންވެސްޓްމަންޓެއް ކަމަށާއި، ރ އަތޮޅުގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭ މަރުކަޒު ގާއިމުވެގެންދާނީ ރ. މާކުރަތުގައި ކަމަށެވެ.

އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ހުރިހާ ވަސީލަތަކާއެކު އެއްތަނުން އަނެއް ތަނަށް އުފުލައި، ބަދަލު ކުރެވޭ މޯބައިލް ޕަބްލިކް ވަރކްސް ޔުނިޓްގެ 2 ޔުނިޓް އުފައްދަވާނެ ކަންވެސް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.

މި މަސައްކަތްތަކަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ކުރިއަށް ގެންދަވާނެ މަސައްކަތްތަކެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

HajjCop_ads

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް