ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ މަސައްކަތް ފަށައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ 4000 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ މަސައްކަތްތައް ފަށައިފިއެވެ. މިއެއްބަސްވުންތަކުގައި ސޮއިކުރަނީ އެ މަޝްރޫޢު ކުރިއަށްގެންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިވެގެންނެވެ.
އެއްބަސްވުމުގައި ސޮއިކުރަން ދާން ޖެހެނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން، އެދުވަހެއްގައި ސޮއިކުރަން ދާން އަންގާ މީހުން އެކަންޏެވެ. އެދުވަހެއްގައި ސޮއިކުރަން ދާންޖެހޭ މީހުންނަށް އެކަން އަންގަނީ އެސްއެމްއެސް މެދުވެރިކޮށެވެ. އެސްއެމްއެސް ލިބުމުން، ސޮއިކުރަން ދިއުމުގެކުރިން ބޭނުންވާނެ ލިޔެކިޔުންތައް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ “ފަހި ޕޯޓަލް” އަށް އަޕްލޯޑްކުރަންވާނެކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

ފުރަތަމަ ސޮއިކުރަން ދާންޖެހޭ ފަރާތްތަކަށް މިހާރު ވަނީ ލިޔެކިޔުންތައް އަޕްލޯޑްކުރުމަށް، އެސްއެމްއެސް މެދުވެރިކޮށް އަންގާފައެވެ. އެއްބަސްވުމުގައި ސޮއިކުރަން އެޕޮއިންޓްމަންޓް ގަޑި ދޭނީ، ފަހި ޕޯޓަލްއަށް ލިޔެކިޔުންތައް އަޕްލޯޑްކުރުމުންނެވެ. ލިޔެކިޔުންތައް ވާންވާނީ ސައްޙަ، ސާފުކޮށް ކިޔަން އިނގޭ ލިޔެކިޔުމަކަށެވެ.

ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފަވަނީ ހެނދުނު 9:00އިން ހަވީރު 04:00 ޖަހަންދެން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ސަރަޙައްދުގައެވެ.

HajjCop_ads
Advertisement

އެފްޑީސީން ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންކަމަށެވެ. މި ލިސްޓަކީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެފްޑީސީއަށް ފޮނުވަމުންދާ ލިސްޓެވެ.

މިމަޝްރޫޢުގައި “ދޯދި ޓަވަރު” އަދި “އުދަރެސް ޓަވަރު”ތަކުގައިވެސް ސްޓްރަކްޗަރަލް ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާފައެވެ. ހުރިހާ ޓަވަރުތަކުގައިވެސް ކުރަމުންދަނީ ފިނިޝިން މަސައްކަތްތަކެވެ.

އުދަރެސް ޓަވަރުތަކުގެ، އިމާރާތުގެ ގާތްގަނޑަކަށް %80 މަސައްކަތް ވަނީ ނިމިފައެވެ. އަދި ދޯދި ޓަވަރުތަކުގެ މަސައްކަތުގެ %86 ވަނަ ނިމިފައެވެ.

އެގްރިމަންޓްގައި ސޮއިކޮށް، މިމަހުގެ ތެރޭގައި މީހުންނަށް ފްލެޓް ހަވާލުކުރަން ފެށުމަކީ ސަރުކާރުގެ ޢަމާޒެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް

gulhifalhu

ގުޅިފަޅުގައި މިއަހަރު 4000 ހައުސިން ޔުނިޓުގެ މަޝްރޫޢުއެއް ފަށަނީ

470712 6a905dfc 0

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޝުޢައިބު ޔޫސުފް އައްޔަނުކުރައްވައިފި

Sii

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކަކީ ދިރާސާކުރުމަށްފަހު އަޅާ ފިޔަވަޅުތަކެއް: ރައީސް