އިސްރާއިލުން ޣައްޒާއަށް މެދު ނުކެނޑި 15 މަހަށްވުރެ ގިނަ ދުވަސް ވަންދެން ދެމުން އައި ނިރުބަވެރި ހަމަލާތައް މެދުކަނޑާލައި، އެ ޤަތުލު އާންމު މެދުކަނޑާލުމަށް ގާއިމް ކުރެވުނު އެއްބަސްވުމަށް އަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުމަކީ ގިނަ މުސްލިމުން އުފާވެރިކަމާއެކު ބަލައިގަތް ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެއްބަސްވުމަށް އަމަލުކުރަން ފަށާފައި މިވަނީ، އެކަމަށް ފުރަތަމަ ކަނޑައެޅި ގަޑިއާ އަޅާބަލާއިރު ތިން ގަޑިއެއްހާއިރު ލަހުންނެވެ. އެއްބަސްވުމަށް އަމަލުކުރަން ފުރަތަމަ ކަނޑައެޅި ގަޑިއަކީ 11:30 އެވެ. އެއްބަސްވުމަށް އަމަލުކުރުން ލަސްވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ފުރަތަމަ ދުވަހު ހަމާސްއިން މިނިވަން ކުރަން ބުނާ އަސީރުންގެ ނަންތައް، އެއްބަސްވުމުގައި ބުނާ ގޮތަށް އާންމުކުރުން ލަސްވުމާ ގުޅިގެންނެވެ.

Aa 20250119 36793220 36793218 Gazans Celebrating Ceasefire Face Uncertainty As Israel Continues Attacks 1737279420

އިޝްތިހާރު އިޝްތިހާރު

މި އެއްބަސްވުމަކީ އިޒުރޭލުގެ އަނިޔާވެރިކަމަށް ވަގުތީ ހުއްޓުމެއް ގެނައުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެކެވެ. ގިނަ ބައިނަލްއަޤްވާމީ ފަރާތްތަކުން ސުލްހައަށް ކުރި މަސައްކަތުގެ ސަބަބުން މި އެއްބަސްވުމަށް ވާސިލުވެވުނު ކަމަށް ބެލެވެއެވެ.

މި އެއްބަސްވުމާއެކު، ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ހަމަޖެހުމެއް ލިބި، އަދި ފަލަސްތީނު އަލުން ބިނާކުރުމުގެ މަސައްކަތަށް ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. އެހެންނަމަވެސް، ދާއިމީ ސުލްހައަކަށް ވާސިލުވުމަށް އަދިވެސް ގިނަގުނަ ގޮންޖެހުންތަކެއް ހުރި ކަމަށް ސިޔާސީ ތަޙުލީލުވެރިން ފާހަގަކުރެއެވެ.

Afp 20250119 36ul998 V1 Preview Palestinianisraelconflictceasefire 1737272642

މި އެއްބަސްވުމަކީ ޣައްޒާގެ ރައްޔިތުންނަށް އުއްމީދުގެ ފެހި ދޮރެއް ހުޅުވިގެން ދިޔަ ކަމެއްގެ ގޮތުގައި ބެލެވޭއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި އެއްބަސްވުން ދެމެހެއްޓުމަކީ ދެފަރާތުގެވެސް ޒިންމާއެއް ކަމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކެއެވެ.