ރިޕަބްލިކް އޮފް އެސްޓޯނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ. މި ތާރީޚީ ދަތުރުފުޅަކީ، ދިވެހި ރައީސަކު އެ ޤައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި:

- ދެ ޤައުމުގެ ރައީސުން ބައްދަލުކުރައްވައި، ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި
- އެސްޓޯނިއާގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެއްބާރުލުން ދިނުމަށް އެއްބަސްވި
- 3 ފަހުމުނާމާއެއްގައި ސޮއިކުރެއްވި
- މުހިންމު އަދި ޘަޤާފީ ތަންތަނަށް ޒިޔާރަތްކުރެއްވި

މިދަތުރުފުޅުން:
- ރާއްޖެ ޑިޖިޓަލައިޒްކުރުމަށް އެހީތެރިކަން ލިބުނު
- މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތަށް ކުރިއެރުން ލިބުނު
- ބައިނަލްއަޤްވާމީ ފޯރަމްތަކުގައި އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވި

އިޝްތިހާރު އިޝްތިހާރު

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް، މި ދަތުރުފުޅުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ވިލުންތެރިކަމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ވަނީ ލިބިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މަލްޓިލޭޓަރަލް ޕްލެޓްފޯމްތަކުގައި ދެޤައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ޢަޒުމް އިތުރަށް ހަރުދަނާކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި، ރާއްޖެ ޑިޖިޓަލައިޒްކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދީ، ބައިނަލްއަޤްވާމީ ގުޅުންތައް ޤާއިމުކުރައްވައި، ގުޅުންތައް ބަދަހި ކުރެއްވުމަށް ގެންދަވަނީ ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ.