ދިވެހި ސަޤާފަތާއި ތަރިކައިގެ ޤައުމީ މަރުކަޒުން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މި ބޮޑު ބަޑި ފެނިފައިވަނީ މާލޭގެ ޗާންދަނީ މަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި ކުރިން ހަބީބު ބޭންކު ހުރި ބިމުގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް ކަމަށެވެ. އަދި ފެނުނު ބޮޑު ބަޑި މިހާރު ވަނީ އެ މަރުކަޒުގެ ބެލުމުގެ ދަށަށް މިއަދު ގެނެވިފައި ކަމަށް ވެސް ޕޯސްޓުގަ ވަނީ ވިދާޅުވެފައެވެ.
National Centre for Cultural Heritage@HeritageMvމާލޭ ޗާންދަނީމަގާއި ދަނބުގޯޅި ގުޅޭ ކަންމަތީގައި ކުރިން ހަބީބް ބޭންކު ހުރި ބިމުގައި އިމާރާތެއް އަޅަން ކޮންނަމުން ދަނިކޮށް ފެނުނު ބޮޑުބަޑި މިހާރު ވަނީ މި މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
(1/2)
ދިވެހި ބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ޕީއެސްއެމްއަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ
މިފެނުނު ބޮޑު ބަޑިއަކީ 1600 ގެ އަހަރުތަކުގައި މާލޭގެ ބޮޑުފާރު ރާނާފައި ހުރި ސަރަހައްދުން ފެނުނު ބަޑިއެއް. އަދި އެ ބޮޑުބަޑި ފެނިފައިވަނީ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) މަޝްހޫރު ނަމުންނަމަ ބޮޑު ރަސްގެފާނުގެ ދުވަސްވަރު މާލޭގެ ހިމާޔަތުގައި ރާނާފައިހުރި ބޮޑުފާރު ހުރި ސަރަހައްދުން. އެހެންނަމަވެސް އެ ބަޑިއަކީ އެ ދުވަސްވަރުގެ ބަޑިއެއްކަމެއް އަދި އަޅުގަނޑުމެންނަކަށް ދެނެގަނެވިފައި ނުވޭ.
ރާއްޖޭގެ އެކިސަރަހައްދުތަކުން މިގޮތަށްފެންނަމުންދާ ތަކެތި މިހާރުވެސް އެވުޒާރާގައި ގެނެސްފައިވެއެވެ.
ރަހުމާ