އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު މުޅި މަޝްރޫޢުގެ 32.47 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ސ. ހިތަދޫ އަދި ސ. ހުޅުމީދޫގައި އާރު.އޯ ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ބާރަށް ހިނގަމުންނެވެ. މީގެއިތުރުން، ފެން ރައްކާކުރާ ތާންގީތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ވެސް މި ދެ ރަށުގައި މިހާރު ދަނީ ކުރެވެމުންނެވެ.

Work is ongoing on the Addu City Water System Upgrade Project, with overall progress at 32.47%.

RO facility works are continuing in S. Hithadhoo and S. Hulhumeedhoo, along with storage tank foundation works. Brine outfall anchor block casting has been completed in both islands, …

އެމްޑަބްލިއުއެސްސީން ބުނީ ހިތަދޫ އަދި ހުޅުމީދޫގައި ވެސް ބްރައިން އައުޓްފޯލް އެންކަރ ބްލޮކް ކާސްޓިންގ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ އެހެނިހެން އިމާރާތްކުރުމުގެ މަސައްކަތްތަކާއި ފިނިޝިންގ މަސައްކަތްތައް ވެސް ހުއްޓުމެއްނެތި ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫޢު ނިމުމުން، އައްޑޫ ސިޓީގެ ފެން އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ސަރުކާރުން އިސްކަންދެއްވައިގެން ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި މަޝްރޫޢުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް އެމްޑަބްލިއުއެސްސީން ދަނީ މަސައްކަތް ކުރަމުންނެވެ.