ށ. ފުނަދޫ ބަނދަރުގައި ހުންނަ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވެއްޖެއެވެ.
އެތަނުގައި ރޯވި ސަބަބެއް އަދި ނޭނގޭއިރު، އަލިފާން ރޯވުމުގެ ސަބަބުން ރަށު ތެރެއަށް ދުންގަނޑު ވަނީ ފެތުރިފައެވެ.
މި ހާދިސާއާއި ގުޅިގެން މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާދިލް ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަދިވެސް ބޮޑުވަމުންދާ ކަަމަށެވެ. އަދި އަލިފާން ނިއްވުމަށް ކައުންސިލާއި ފުލުހުންގެ އިތުރުންވެސް އާއްމުންވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މީގެ އިތުރުން އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް އެދިފައިވާކަމަށާ، އެ އިދާރާގެ ޓީމެއްވެސް އެރަށަށް ދަތުރުފަށާފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ…
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.