ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަގު ކޮނުމުގައި އިހުމާލުން ކޭބަލްތަކަށް ގެއްލުންވެއްޖެނަމަ ފިޔަވަޅުއަޅަނީ!

C8e0deca 5703 42f2 9542 bafbf94966b9
STO_Ads
Maldivian_Ads
TTH_Ads
Advertisement

މަގުކޮންނަ ފަރާތުގެ އިހުމާލުން ކަރަންޓު ކޭބަލަކަށް ގެއްލުންވެއްޖެ ނަމަ، ކޭބަލް މަރާމާތު ކުރުމަށް ދާ ޚަރަދު އެފަރާތަކުން ހޯދުމަށް ނިންމާފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިފަހަކަށް އައިސް މަގުކޮނުމުގެ ތެރޭގައި އެކުންފުނީގެ ކަރަންޓު ވިއުގާގައި ހިމެނޭ ކޭބަލްތަކަށް ގެއްލުންވެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުން ވަނީ އިތުރުވެފައެވެ.

މި މައްސަލައަށް އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ މަގު ކޮނުމުގެ އެކި މަސައްކަތްތަކުގެ ތެރެއިން އެކުންފުނީގެ ކަރަންޓު ވިއުގާގައި ހިމެނޭ ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓު ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ތަކުލީފުތަކާއި ދިތަތައް ދިމާވަމުންދާ ކަމަށެވެ. އަދި މިފަދަ ހާދިސާތައް ދުވަހެއް ދުވަހަށް އިތުރުވަމުން ދިއުމާއި އެކު، މަގު ކޮނުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ފަރާތްތަކުގެ އިހުމާލުން މިފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެފަރާތެއް ޒިންމާދާރު ކުރުވުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

HajjCop_ads
Advertisement

މިގޮތުން ކަރަންޓު ކޭބަލަށް ގެއްލުންވީ މަގުކޮންނަ ފަރާތުން ބަލަން ޖެހޭ ވަރަށް ނުބަލާ މަސައްކަތް ކުރިއަށް ގެންދިއުމުން ނުވަތަ އިހުމާލުން ކަމަށްވާނަމަ، އެ މައްސަލަ ހައްލުކޮށް އަލުން ހިދުމަތްދޭން ހިނގާ ހަރަދު އެ ފަރާތެއްގެ އަތުން ނެގުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީމި ނިންމުމަކީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކޮށް، ހިދުމަތުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަޤުސަދުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި މަގު ކޮނުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދަވާ ހުރިހާ ފަރާތްތަކުންވެސް ސްޓެލްކޯގެ ކަރަންޓު ވިއުގައަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާއެކު މަސައްކަތްތައް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

 

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HUz1OShbsAA38Gz

ހއ. އަތޮޅުގެ ކަރަންޓުގެ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވެއްޖެ

ސްޓެލްކޯއިން ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް

ހުޅުމީދޫގައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ސްޓެލްކޯއިން މަރާމާތުކޮށް ބޭނުންކުރަން ފަށައިފި