ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޢިމާރާތްކުރާއިރު ކަރަންޓު ވިއުގައަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރުމަށް އެދިއްޖެ

stelco
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޢިމާރާތްކުރުމާއި މަގުކޮނުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ކަރަންޓު ވިއުގައަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރުމަށް ސްޓެލްކޯއިން އެދިއްޖެއެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން މެދުވެރިވީ، ކުރެދިމާ ހިނގުމުގައި އަމިއްލަ ފަރާތަކުން ކުރިއަށްގެންދިޔަ ޢިމާރާތްކުރުމުގެ މަސައްކަތެއްގެ ތެރެއިން ބިންކޮނުމުގެ ތެރޭގައި ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު ވެސް މިފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި، އޭގެ ސަބަބުން ވެސް ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން ވަނީ ކަރަންޓު ކެނޑިފައި ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

HajjCop_ads
Advertisement

ބުރާސްފަތި ދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑުމަށް މެދުވެރިވީ ބަނަފްސާ ހިނގުން ސަރަޙައްދުގައި ކުރިއަށްދިޔަ ޢިމާރާތްކުރުމުގެ މަސައްކަތެއްގެ ތެރެއިން ބިންކޮނުމުގައި ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުން ލިބުމާ ގުޅިގެނެވެ.

މިފަދަ ހާދިސާތައް ތަކުރާރުވުމަކީ ކަރަންޓުގެ ވިއުގައަށް ގެއްލުންވެ ޚިދުމަތް މެދުކެނޑިގެންދާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިލާންޖެހޭކަން ސްޓެލްކޯއިން ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ޢިމާރާތްކުރުމާއި މަގުކޮނުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާ ހުރިހާ ފަރާތްތަކުން ވެސް މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވެ، ބިމުގެ އަޑީގައިވާ ކަރަންޓު ވިއުގައަށް އެއްވެސް ގެއްލުމެއް ނުވާނޭހެން މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

C8e0deca 5703 42f2 9542 bafbf94966b9

މަގު ކޮނުމުގައި އިހުމާލުން ކޭބަލްތަކަށް ގެއްލުންވެއްޖެނަމަ ފިޔަވަޅުއަޅަނީ!

stelco

މަގު ކޮނުމުގެ މަސައްކަތް ކުރާފަރާތުގެ އިހުމާލުން ކޭބަލަށް ގެއްލުންވެއްޖެނަމަ ބަދަލުހޯދަނީ

AISelect 20260923 164719 Facebook

ސްޓޭޝަން މެނޭޖަރުންނަށް ތަމްރީނު ޕްރޮގްރާމެއް ސްޓެލްކޯއިން ފަށައިފި

WhatsApp Image 2026 09 22 at 10.05.29

ސްޓެލްކޯގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ރައްޔިތުންނަށް އިންތިހާއަށް ފައިދާކުރާނެ ކަމެއް: ޑރ. އަޒުވަރު