ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިނަދޫ ކޯލްޑް ސްޓޯރޭޖް މަޝްރޫއުގެ ސިވިލް މަސައްކަތްތަކުގެ ބޮޑު ބައެއް ނިމިއްޖެ

WhatsApp Image 2026 09 28 at 15.45.09 (1)
Maldivian_Ads
TTH_Ads
STO_Ads
Advertisement

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯނުގައި މިފްކޯ އަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ ސިވިލް މަސައްކަތްތަކާއި އެއާ ގުޅޭ ފެސިލިޓީތަކުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަން އެމްޓީސީސީ އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ކޯލްޑް ސްޓޯރޭޖްގެ ފައުންޑޭޝަން މަސައްކަތާއި، ޑީސަލް ޓޭންކުގެ ފައުންޑޭޝަން މަސައްކަތުގެ އިތުރުން، އެއް ފަންގިފިލާގެ 4,790 އަކަފޫޓުގެ އިދާރީ އޮފީސް އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި އެއް ފަންގިފިލާގެ 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ އިމާރާތަކާއި، 266 އަކަފޫޓުގެ ލޮނު ރައްކާކުރާ އިމާރާތެއްގެ އިތުރުން 3,050 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއްގައި ރީ-އިންފޯސްޑް ކޮންކްރީޓް ޕޭވިން އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ސައުދީ ޑިވެލޮޕްމެންޓް ފަންޑުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 12 ޖުލައި 2023 ގައެވެ. އެމްޓީސީސީން ބުނެފައިވަނީ ކޯލްޑް ސްޓޯރޭޖްގެ ސިވިލް މަސައްކަތްތަކުގެ އިތުރުން ކެމިކަލް އަދި ލޮނު ރައްކާކުރާ ފެސިލިޓީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

HajjCop_ads
Advertisement

ތިނަދޫގައި 1,000 ޓަނުގެ މަސް ފިނިކުރާ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ އަމާޒަކީ ހުވަދު އަތޮޅުގެ މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެ ފެސިލިޓީގެ މަސައްކަތް މުޅިން ނިންމައި މަސްވެރިންނަށް ހިދުމަތް ދޭން ފެށުމެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ ތިނަދޫ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އަވަސްކޮށް، މަސް ގަންނަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. މި މަޝްރޫއު ނިމި އޮޕަރޭޝަނަށް އައުމުން، މިއީ ހުވަދުއަތޮޅު ދެކުނުބުރީގައި އެންމެ އަވަހަށް ހިދުމަތް ދޭން ފަށާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަށް ވެގެންދާނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2025 11 22 at 20.05.47 (1)

އާރުޑީސީއާ ޙަވާލުކޮށްފައިވާ ސިއްޙީ ދާއިރާގެ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް!

WhatsApp Image 2026 10 11 at 13.35.12

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 10 11 at 14.18.54

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ %63 މަސައްކަތް ނިމިއްޖެ

ނޭކުރެންދޫ ބަނދަރުގެ %59 ނިމިއްޖެ