ގއ. މާމެންދޫގައި އިމާރާތް ކުރަމުންދާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ސިވިލް މަސައްކަތްތަކުގެ 80 އިންސައްތަ ނިމިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މާމެންދޫ ފިޓްނެސް ސެންޓަރުގެ ސިވިލް މަސައްކަތްތައް ނިމި، މިހާރު ކުރިއަށް ދަނީ އެ އިމާރާތުގެ އެތެރޭގެ އިންޓީރިއާ މަސައްކަތްތަކެވެ. މި މަޝްރޫޢަކީ ސަރުކާރުގެ ފަރާތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި ސެންޓަރުގެ އަމަލީ މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވޭތުވެދިޔަ އަހަރު ގއ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖޭގެ މީހުނq ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން މި އަހަރާއި އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި މިފަދަ ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ރަށްރަށަށް ބޭނުންވާ ކުޅިވަރުގެ އެކިއެކި ވަސީލަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކުޅިވަރު ދަނޑުތަކާއި ކޯޓުތަކުގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސްވިމިން ޓްރެކްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެކި ރަށްރަށުގައި ދަނީ ހިންގަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު