ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމިރޭޓްސް އަދި ޤަތަރާ ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރަނީ

TTH_Ads
Maldivian_Ads
STO_Ads
Advertisement

ބައިނަލްއަޤްވާމީ ބޮޑެތި މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ދެ އެއާލައިން ކަމަށްވާ އެމިރޭޓްސް އަދި ޤަތަރު އެއާވޭސްއާއެކު ވިޒިޓް މޯލްޑިވްސްއިން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާ 2026 ގެ ތެރެއިން ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މި ދެ އެއްބަސްވުމުގައިވެސް ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާސިރެވެ. އެމިރޭޓްސްގެ ފަރާތުން އެ ކުންފުނީގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް- ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަޙްމަދު ސޮއިކުރެއްވިއިރު، ޤަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް، އެފްރިކާ ގްލޯބަލް ލެޝަރ ސޭލްސް ހެންޑްރިކް އަބްރަހަމް ޑު ޕްރީޒެވެ.

މި އެއްބަސްވުންތަކުގެ ދަށުން، ވިޒިޓް މޯލްޑިވްސްއާއި އެމިރޭޓްސް އަދި ޤަތަރު އެއާވޭސް ގުޅިގެން ރާއްޖެއަކީ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމަށާއި، ޓްރެވަލް ޓްރޭޑްގެ ދާއިރާއިން އެކި ހަރަކާތްތައް ގުޅިގެން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

މި އެއްބަސްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޢަބްދުﷲ ޔާސިރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެއަރ ކަނެކްޓިވިޓީއާ ގުޅިގެން މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިންތަކުގެ ތެރޭގައި ހިމެނޭ މިފަދަ އެއާލައިންތަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޔާސިރު އިތުރަށް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން މި ހިނގާ މަހުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދެފަރާތް ގުޅިގެން ޚާއްސަ މާކެޓިން ކެމްޕޭނުތަކެއް ކުރިއަށްގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ވެބިނާތައް ހިންގުމާއި، ތަފާތު އެކި މާކެޓިން ހަރަކާތްތައް ހިންގުން ހިމެނޭ ކަމަށާއި، މިއީ ބޭރު ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭޓީއެމް ފެއާގެ ތެރެއިން ވަކިވަކިން ބޭއްވި މި ދެ ރަސްމިއްޔާތުގައިވެސް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ޢަބްދުﷲ ގިޔާސް ރިޔާޒް އަދި އެ ކޯޕަރޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސަރ ސަބީހާ އަޙްމަދުވެސް މި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް މަޝްވަރާކޮށްފި

Sabeeha visit Maldives

ވިޒިޓް މޯލްޑިވްސްގެ ވަގުތީ އެމްޑީގެ މަގާމަށް ސަބީހާ

88887

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި

43

ރާއްޖެ އިޝްތިހާރުކުރަން މުހިންމު އެމްއޯޔޫއެއްގައި ސޮއިކޮށްފި