ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޖިނިއަރިން އެވޯޑް: އިންޖިނިއަރިން ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ތިން ބޭފުޅަކަށް އަރުވައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ރާއްޖޭގެ އުމްރާނީ އަދި އިގްތިސޯދީ ތަރައްގީގައި އިންޖިނިއަރުން އަދާކުރަމުންދާ މުހިންމު ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން، ސަރުކާރުން އަލަށް ތައާރަފުކުރި “އިންޖިނިއަރިން އެވޯޑް” ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ތިން ބޭފުޅަކަށް އަރުވައިފިއެވެ.

އެ އެވޯޑަކީ އިންޖިނިއަރިން ދާއިރާގެ ކުރިއެރުމަށް ދިގު މުއްދަތެއްގައި އަގުހުރި، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ހިދުމަތްތެރިންނަށް ހާއްސަކޮށްގެން ދޭ އެންމެ މަތީ ޝަރަފެވެ.

އެގޮތުން މިއަހަރު އެ އެވޯޑު ހާސިލުކުރެއްވީ އަބްދުއްޝަކޫރު ސޯލިހު، އަލްމަރުހޫމް އަހްމަދު މަހުރީން އަދި އަލްމަރުހޫމް މުހައްމަދު ރަޝީދެވެ.

HajjCop_ads
Advertisement

އަބްދުއްޝަކޫރު ސާލިލް:
ކަރަންޓުގެ ހިދުމަތުގެ ދާއިރާގައި 50 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ އަބްދުއްޝަކޫރަކީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. މެކޭނިކަލް އިންޖިނިއަރެއްގެ ގޮތުގައި ގައުމީ ފެންވަރުގައި ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމުގެ ވަސީލަތްތައް ޒަމާނީކޮށް، ދާއިރާގެ ފަންނީ މުވައްޒަފުން ތަމްރީނުކޮށް ކުރިއެރުވުމުގައި އޭނާ ވަނީ އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

އަލްމަރުޙޫމް އަހްމަދު މަހުރީން:
އިންޖިނިއަރިން އަދި ވައިގެ ދަތުރުފަތުރުގެ އުމްރާނީ އޮނިގަނޑު (އޭވިއޭޝަން އިންފްރާސްޓްރަކްޗާ) ތަރައްގީކުރުމުގައި 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި މަހުރީނަކީ ރީޖަނަލް އެއާޕޯޓްސްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގި އުމްރާނީ ބޮޑެތި މަޝްރޫއުތައް ރޭވުމާއި ހިންގުމުގައި އަމަލީ ގޮތުން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅާއަކީ މަހުރީނެވެ.

އަލްމަރުޙޫމް މުހައްމަދު ރަޝީދު:
ސްޓެލްކޯގެ ޗެއާމަންގެ މަގާމާއި ސީއީއޯގެ މަގާމު ފުރުއްވި މުހައްމަދު ރަޝީދަކީ ކަރަންޓުގެ ދާއިރާއަށް 50 އަހަރުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާގެ ދިގު ހިދުމަތުގެ ދައުރުގައި، މުޅި ރާއްޖޭގެ ހަކަތައިގެ ނިޒާމު ފުޅާކޮށް، ގައުމީ ފެންވަރުގައި އުމްރާނީ ވަސީލަތްތައް ބިނާކުރުމުގައި ވަނީ އިސްނަންގަވައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޖިނޭރުން ފަރުވާ ކުޑަކޮށް ކުރާ ކަމެއްގެ ނަތީޖާ ވަރަށް ހިތިކޮށް ދިމާވެދާނެ: ޢަބްދުއްޝަކޫރު

އިންޖިނިއަރސް އެވޯޑް 2026 ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް