މާލެ ސަރަހައްދަށް މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން އޮޔާ ދިޔަ ބޮޑު ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި މިރޭ އުރިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތެޔޮ ބޯޓު ކޮންޓްރޯލުން ނެއްޓި، ބްރިޖާ ދިމާލަށް އޮޔާ ދިޔައީ މިރޭ މާލެ ސަރަހައްދަށް ޖެހުނު ގަދަވަޔާއެކު އޭގެ ނަގިލި ކަހާލައިގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ބޯޓު އުތުރު ފަރާތުން އޮޔާ އައިސް ފުރަތަމަ ވެސް ލައްވީ ބްރިޖުގެ ތަނބެއްގަ އެވެ.
މި ހާދިސާ ހިނގި ވަގުތަކީ މާލެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވައި ބާރުވެފައި ކަނޑުތައް ވެސް އިންތިހާއަށް ގަދަވި ވަގުތެކެވެ. ބޯޓު ބްރިޖުގެ ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ. ނަމަވެސް، މި ހާދިސާގައި ސިނަމާލެ ބްރިޖަށާއި ބޯޓަށް ލިބުނު ގެއްލުމުގެ ފުރިހަމަ ތަފްސީލެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ރަސްމީ އިދާރާއެއްގެ ބަހެއް އަދި ލިބިފައި ނުވި ނަމަވެސް، އެމްއެންޑީއެފް ކޯސްޓުގާޑުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު