ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޝިއަން ގޭމްސްއަށް ދާ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަނަކަށް ނާސިފް

F6b59b74 5e12 48ab 9efc 991105937cdf
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޖަޕާނުގެ އައިޗީ-ނަގޯޔާގައި އޮންނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޓްގެ ކަންކަމާ ހަވާލުވެގެން ދާ ޗެފް ޑި މިޝަނެއްގެ ގޮތުގައި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާޕާސަން އަހުމަދު ނާސިފް ހަމަޖައްސައިފިއެވެ.

އޭޝިއަން ގޭމްސްއަށް ދާ ރާއްޖޭގެ ކޮންޓިންޖެންޓްގެ އަދަދަކީ 81 އެކެވެ. ރާއްޖޭން މިފަހަރު ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނެނީ ހަތް ކުޅިވަރުގެ 42 އެތުލީޓުންނާއެކު 18 އޮފިޝަލުންނެވެ. ދެން ކޮންޓިންޖެންޓްގައި ހިމެނޭނީ މީޑިއާގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓީމާއި މެޑިކަލް އަދި ސްޕޯޓްސް މިނިސްޓްރީގެ ބޭފުޅުންނެވެ.

މިއަދު މީރުމާ އިވެންޓްގައި ޔޫތު އޮލިމްޕިކްސްއާއި އޭޝިއަން ގޭމްސްއަށް ދާ އެތުލީޓުންނަށް ބޭއްވި ހާއްސަ އިވެންޓްގައި ނާސިފް ބައިވެރިވެވަޑައިގެންފައިވެއެވެ. އިއްޔެގެ އިވެންޓްގައި ފްލެގް ބެއަރާސްއާ ދިދަ ހަވާލުކޮށްފައިވެއެވެ. އެތުލީޓުންނާ ދިދަ ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

HajjCop_ads
Advertisement

އިވެންޓަށްފަހު ބޭއްވި ޕްރެސްގައި ނާސިފް ވިދާޅުވީ ރާއްޖޭގެ ކޮންޓިންޖެންޓަށް ހަމަޖައްސަން ޖެހޭ ކަންކަން ގާތުން ބަލަމުންދާ ކަމަށާއި، އެޑްވާންސް ޓީމެއް ގޮސް، އެންމެ ރަނގަޅަށް އިންތިޒާމުތައް ހަމަޖައްސަން މަސައްކަތް ކުރާ ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ހޯސްޓް ގައުމުން ވާން ޖެހޭ ތައްޔާރީތައް މިހާރުވެފައި އޮތް ކަމަށާއި، އެންމެ ފުރިހަމައަށް ކަންކަން ކުރިއަށް ގެންދަން މަސައްކަތްތައް ރޭވިފައިވާ ކަމަށެވެ.

ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަންކަމާއި އެމްއޭސީއެލްގެ ބޯޑުގައި މިހާރު ހުންނެވި ނާސިފް 2018 ވަނަ އަހަރުން ފެށިގެން އެމްޕީބީއޭގެ ޗެއާޕާސަން ކަމުގައި ހުންނެވި އިރު، މިހާރު ފުރުއްވަމުން ގެންދަވަނީ ދެވަނަ ދައުރެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު