ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޕަލް ކުންފުނީގެ ހާޑްވެއާ އިންޖިނިއަރިންގެ އިސްވެރިޔާ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް

260420 John Ternus ew 433p 828ab0
Maldivian_Ads
STO_Ads
TTH_Ads
Advertisement

އެޕަލް ކުންފުނީގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމާ ޖޯން ޓާނަސް ރަސްމީކޮށް ހަވާލުވެވަޑައިގެން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އެ ކުންފުންޏަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން ފައްޓަވައިފިއެވެ.

ފާއިތުވި ފަނަރަ އަހަރު ދުވަހު އެ ކުންފުނީގެ އެންމެ އިސްވެރިޔާގެ މަގާމު ފުރުއްވި ޓިމް ކުކް ވަނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު އެ މަގާމުން ވަކިވެވަޑައިގެންފައެވެ. އުމުރުން ފަންސާސް އެއް އަހަރުގެ ޓާނަސް މި މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އެޕަލް ކުންފުންޏަށް ވަނީ ޒަމާނީ ޓެކްނޮލޮޖީގެ ރޭހުގައި އެހެން ކުންފުނިތަކާ ވާދަކުރުމުގެ ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހިފައެވެ.

އެޕަލް ކުންފުނީގެ ހާޑްވެއާ އިންޖިނިއަރިންގެ އިސްވެރިޔާގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ޓާނަސްގެ އެންމެ ފުރަތަމަ ބޮޑު މަސައްކަތަކަށް ވާނީ މި މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ހާއްސަ ހަފުލާގައި އާ އުފެއްދުންތައް ދުނިޔެއަށް ދައްކައިލުމެވެ. މިއީ ފާއިތުވި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ޓިމް ކުކް ނެތި އެ ކުންފުނީގެ އާ އުފެއްދުންތައް ތައާރަފުކުރާ ފުރަތަމަ ފަހަރެވެ. މި ހަފުލާގައި ފަތްޖަހައިލެވޭ އައިފޯނެއް ފުރަތަމަ ފަހަރަށް ނެރޭނެ ކަމަށް ވަނީ ބެލެވިފައެވެ.

HajjCop_ads
Advertisement

އާޓިފިޝަލް އިންޓެލިޖެންސްގެ އިތުރުން ޗައިނާގެ މާކެޓަށް ބަރޯސާވުން ކުޑަކުރުން ވެސް މި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެމެރިކާ ސަރުކާރުގެ ސިޔާސީ ފިއްތުންތަކުން ސަލާމަތްވުމަކީ ވެސް އާ ވެރިޔާއަށް އޮތް ބޮޑު އިމްތިހާނެކެވެ. އެޕަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ޓިމް ކުކް ދެން މަސައްކަތްކުރައްވާނީ އެ ކުންފުނީގެ ބޯޑުގެ އެގްޒެކެޓިވް ޗެއާމަންގެ ގޮތުގައެވެ. ކުކްގެ ދިގު މުއްދަތުގައި އެޕަލްގެ އަގު ވަނީ ހަތަރު ޓްރިލިއަން ޑޮލަރާ ގާތްކުރާ މިންވަރަކަށް އިތުރުކޮށް ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކުންފުންޏަށް އެ ކުންފުނި ހަދައިފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު