ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަންކެޑެ ތަރައްގީކުރާ ކުންފުނީގެ އެމްޑީއަކަށް ބީއެމްއެލްގެ ޒަމްރާ

Maldivian_Ads
TTH_Ads
STO_Ads
Advertisement

އައްޑޫ ހަންކެޑެ ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި “އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް” ގެ މެނޭޖިން ޑިރެކްޓަރުކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް ކޮމާޝަލް އޮފިސަރު އައިޝަތު ޒަމްރާ ޒާހިރު އައްޔަންކުރައްވައިފިއެވެ.

މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ރައީސް މުޢިއްޒު އުފެއްދެވި މި ކުންފުނީގެ އެމްޑީ އާއި ބޯޑު މެންބަރުން އައްޔަންކުރައްވާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ބޯޑަށް އައްޔަންކުރެއްވި 5 މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ ބީއެމްއެލްގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. ދެން ތިއްބެވި ދެ މެންބަރުންނަކީ ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނެވެ.

ބޯޑަށް އައްޔަންކުރެއްވި މެންބަރުންގެ ތެރޭގައި ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު ސަހާރު ވަޙީދު، ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިން ޑިރެކްޓަރު އަމާން އަލީ، ފިނޭންސް މިނިސްޓްރީގެ އިކޮނޮމިކް އެންޑް ފިސްކަލް ޕޮލިސީ އެނަލިސްޓް ޢަބްދުﷲ އަތީގު މުޙައްމަދު، އަދި ފިނޭންސް މިނިސްޓްރީގެ ޑެޓް ފައިނޭންސިން ކޮންސަލްޓަންޓް ޙަދީޖާ މިލްޙާ ހިމެނިވަޑައިގަންނަވައެވެ.

HajjCop_ads
Advertisement

ރައީސް އޮފީހުން ބުނާ ގޮތުގައި، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް އައްޑޫއަތޮޅު ހަންކެޑެ ތަރައްޤީކުރުމެވެ. މީގެއިތުރުން، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކުރުމާއެކު، އެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީވެސް މި މަޝްރޫޢުގެ މުހިއްމު ލަނޑުދަނޑިތަކެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލުން ޓެކްނޮލޮޖީ ދާއިރާއަށް ހާއްސަކޮށްގެން 25 ފުރުސަތު ހުޅުވާލައިފި

bml

ފޯބްސްއިން ހޮވި އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

bml

ތިން ވަނަ ކުއާޓާއާ ހަމައަށް ރާއްޖޭން ބޭރަށް 2.86 ބިލިއަން ޑޮލަރު ފޮނުވި: ބީއެމްއެލް

bml

މިއަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް އަހަރަށްވާނެ: ޝަރީފް