ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަންފާ ކޭމްޕްގެ ޤުރުއާން މުބާރާތުގެ 1ވަނަ ޔޫއާންއަށް

TTH_Ads
STO_Ads
Maldivian_Ads
Advertisement

މާންފާ ޖަމިއްޔާއިން އދ.މަހިބަދޫގައި ކުރިއަށްގެންދިޔަ “މަންފާ ޤުރުއާން ކޭމްޕް”ގައި ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދީފިއެވެ.

އެ ޖަމިއްޔާގެ ފަރާތުން ކުރިއަށްގެންދިޔަ މި ކޭމްޕަކީ މުޅި އަދ.އަތޮޅުގެ ރަށްރަށުން ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިޔަ 3 ދުވަހުގެ ކޭމްޕެކެވެ.

މަންފާ ޖަމިއްޔާގެ ޤުރުއާން ކޭމްޕް އަދ.އަތޮޅުގައި ކުރިއަށްގެންދިޔައީ ބުދަދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.

HajjCop_ads
Advertisement

މި ކޭމްޕްގައި ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދީނީ ލެކްޗަރތައް ބޭއްވުމާއި، ޤުރުއާން ކްލާސްތަކެއް ނެގުމާއި ވޯކްޝޮޕެއްގެ އިތުރުން އދ.އަތޮޅަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް ވަނީ ބާއްވާފައެވެ.

ޤުރުއާން މުބާރާތުގައި، މުޅި އަތޮޅަށް ހުޅުވާލައިގެން އޮންލައިންކޮށް ކުރިއަށްގެންދިޔަ ފުރަތަމަ ބުރުގައި 100އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ. އަދި މި ކޭމްޕްގައި ކުރިއަށްގެންދިޔަ ފައިނަލް ބައިގައި 33 ފަރާތް ކިޔަވުން ހުށައަޅާފައިވެއެވެ.

އދ އަތޮޅަށް ހުޅުވާލައިގެން ބޭއްވި މި ޤުރުއާން މުބާރާތުން ވަނަވަނައަށް ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ދީފައެވެ.

1ވަނަ – މުޙައްމަދު ޔޫއާން އިބްރާޙިމް، ޕެރިސް، އދ.ދިގުރަށް – 25،000ރ ގެ އިނާމު 2ވަނަ – މުޙައްމަދު ތަސްނީމް ރަޝީދު، ތިޔަރަމާގޭ، އދ.މަހިބަދޫ – 15،000ރ ގެ އިނާމު 3ވަނަ – ރުދައިނާ މުޙައްމަދު ފަޒީލް، ގުލޭނޫރަންމާގޭ، އދ މަހިބަދޫ – 10،000ރ ގެ އިނާމު
މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒް ވިދާޅުވީ، މިއީ ޖަމިއްޔާއިން މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ފެށި ސިލްސިލާ ހަރަކާތެއްކަމަށެވެ. އަންނަ އަހަރު އިތުރު އަތޮޅެއްގައި މަންފާ ކޭމްޕް ކުރިއަށްގެންދާނެއެވެ.

“މުޖުތަމަޢުގެ ލާބައާ މަންފާއަށް މަސައްކަތް ކުރުން ޢަމާޒަކީ. މި ކޭމްޕަކީ ޤުރުއާނުގެ ޢިލްމަށް އަހުލުވެރިކޮށް ލޯބި އިތުރުކުރުން މަޤުޞަދުގައި ގެންދާ ކޭމްޕެއް. ކޮންމެ އަހަރަކު އަތޮޅެއްގައި ގެންދާނަން. މިއީ މި ސިލްސިލާގެ ފުރަތަމަ ކޭމްޕް.” އަލީ ރަމީޒް ވިދާޅުވިއެވެ.

މި ކޭމްޕަކީ މުޅި މުޖުތަމަޢުގެ ހުރިހާ އުމުރުފުރާތަކަށް ބައިވެރިވޭގޮތަށް، ތަފާތު ހަރަކާތްތަކަކާއެކު ކުރިއަށްގެންދިޔަ ބޮޑު ހަރަކާތެކެވެ. ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމުގައި 10 ޤާރީއެއް ހިމެނިވަޑައިގަންނަވައެވެ.

މި ކޭޕްޕަކީ މަންފާ ޖަމިއްޔާއާއި މަހިބަދޫ ކައުންސިލް، އަލްބައްޔިނާ ޖަމިއްޔާ އަދި ކަމާގުޅޭ ސަރުކާރުގެ އިދާރަތުގެވެސް އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ކޭމްޕެކެވެ. މި ކޭމްޕްގައި ހަދިޔާއެއްގެ ގޮތުގައި ޢުމްރާ ދަތުރެއްވެސް 1 ފަރާތަކަށް ވަނީ ދީފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު