ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއެކު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އަޅާނެ: ޒަރީރު

minister hassan zareer
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއެކު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ފިޔަވަޅުތައް އަޅުއްވަމުންދާނެކަމަށް މާލީ ކަންކަމާއި ދައުލަތުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ބޭރު ފައިސާގެ ގާނޫނަށް ގެންނަ ބަދަލުތަކާއި މިހާރު ހުރި ގާނޫނީ އުސޫލުތައް ތަންފީޒުކުރުމަށް އަޅަމުްނދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މަރުކަޒީ ބޭންކުގެ ގަވަނަރާއި ސަރުކާރުގެ ތިން ވަޒީރަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަރީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދައުލަތުގެ އާމްދަނީއާއި ހަރަދުތަކަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.

އެގޮތުން ތެލާއި އަސާސީ މުދާ އެތެރެކުރުމަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެއްވުމާއެކު ޒަރީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ކުރިން އަންދާޒާކުރި މިންވަރަަށް ދައުލަތަށް ބޭރު ފައިސާގެ އާމްދަނީ ނުލިބޭ ކަމަށެވެ.

HajjCop_ads
Advertisement

“ފާހަގަކުރެއްވި ގޮތަށް އަޅުގަނޑުމެންގެ ޓޫރިޒަމް އެރައިވަލް ވަރަށް ބޮޑަށް ދަށްވެއްޖެ، ގާތްގަނޑަކަށް 30 ޕަސެންޓުވަރު ދަށްވެއްޖެ މި ހަނގުރާމައާއެކު. ހަމައެގޮތަށް އަޅުގަނޑުމެންގެ ހަރަދުތައްވެސް ތެލާއި ކާޑުގެ ބާވަތްތަކަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑަށް އިތުރުވެއްޖެ،” ވަޒީރު ވިދާޅުވިއެވެ.

“އެހެންވީމާ ރެވެނިއު ސައިޑުން ދަށްވެފައި ހަރަދުގެ ބައި މައްޗަށް ގޮސްފައި އޮތީ. މިކަމަށް ހައްލު ހޯދުމަށް ހަރަދުކުޑަކުރުމުގެ މަސައްކަތްވެސް އެބަކުރެވޭ. އެއާއެކު ދައުލަތުގެ ރެވެނިއު އިތުރުކުރުމުގެ މަސައްކަތްވެސް އެބަކުރެވޭ،”

ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު ފާހަގަކުރެއްވީ ރާއްޖެއިން ލިބޭ ހިދުމަތެއް ދުނިޔޭގެ ކޮންމެ ތަނެއްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ވިއްކިއަސް އެ ހިދުމަތުގެ އަގުން ނަގާ ޓެކުސް ރާއްޖެއަށް ދައްކަންޖެހޭ ގޮތަށް ޑެސްޓިނޭޝަން ޕްރިންސިޕަލް ތައާރަފުކުރުމެވެ.

މިހާރު މަޖިލީހުން ފާސްކޮށްފައިވާ ބިލަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ބައެއް ރިސޯޓުތަކުން 100 ޑޮލަރަށް ނުވަތަ 200 ޑޮލަރަށް ވިއްކާކަމަށް އިޝްތިހާރުކުރާ ކޮޓަރިތައް ބޭރުގެ ބައެއް ވެބްސައިޓުތަކުގައި 1،000 ޑޮލަރަށް ވިއްކަމުންދާ ކަމަށެވެ. އެގޮތަށް ބޮޑު އަގުގައި އެ ކޮޓަރިތައް ވިއްކާއިރު އެއިން ދައުލަތަށް ލިބެންޖެހޭ ޓެކްސް ނުލިބޭ ކަމަށާއި، އެ އިސްލާހު ތަންފީޒުކުރަން ފެށުމުން އެގޮތަށް ރިސޯޓު ކޮޓަރި ވިއްކާ ހާލަތުގައި އެއަގުން ޓެކްސް ދައުލަތަށް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ފާހަގަކުރެއްވީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ވާހަކަތައް ދައްކާ ގޮަތަށް އާމްދަނީ އިތުރުކުރުމުގެ ވާހަކަވެސް ދައްކަންޖެހޭ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ އާމްދަނީ އިތުރުކުރުމަށްޓަކައި ގާނޫނަށް ގެނެވެން ހުރި އިތުރު ބަދަލުތައްވެސް ގެނައުމަށް ކަމަަަށް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HRxmc3TaAAAI KT

ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ހޯދުމަށް އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި

finance

ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ހިލޭ އެހީ ލިބިއްޖެ

minister Zareer

ކުންފުނިތައް ރައިޓްސައިޒް ކުރާއިރު މުވައްޒަފުން ވަކިކުރަމުންދަނީ ރިޑަންޑަންސީ ޕްލޭންތައް ހުށަހަޅައިގެން: ޒަރީރު

Big cgiCfHA9nnm4jNikTlNX6ct8R

ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން ވިޔަފާރި ފަށަން ޚާއްޞަ ފަންޑެއް