ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ހިލޭ އެހީ ލިބިއްޖެ

finance
Maldivian_Ads
TTH_Ads
STO_Ads
Advertisement

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ހިލޭއެހީ ލިބިފައިވާކަން މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާގެ ހިސާބުތަކުން ހާމަވެއްޖެއެވެ.

އެ ވުޒާރާއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު އޯގަސްޓ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހިލޭއެހީގެ ގޮތުގައި ލިބުނީ 460.4 މިލިއަން ރފުިޔާ ލިބިފައިވެއެވެ. ދައުލަތުގެ ބަޖެޓުގައި ޖުމްލަކޮށް 2026 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރީ 373.6 މިލިއަން ރުފިޔާއެވެ.

މި ހިސާބުތަކަށް ބަލާއިރު ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހިލޭއެހީގެ ގޮތުގައި ލިބުނު އާމްދަނީއަކީ މި އަހަރަށް ލަފާކުރި ބަޖެޓުގައި މުޅި އަހަރު ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ 23.2 އިންސައްތަ އިތުރު އަދަދެކެވެ.

HajjCop_ads
Advertisement

ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ ހިލޭ އެހީ އިތުރުވިއިރު ނިމުނު އަހަރު ލިބުނު ހިލޭއެހީއާ އަޅާބަލާއިރު މި އަހަރު ހިލޭއެހީގެ ގޮތުގައި ލިބުނު ފައިސާވަީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި އަހަރުގެ ޖަނަވަރީން ފެށިގެން އޯގަސްޓުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހިލޭއެހީގެ ގޮތުގައި ލިބުނީ 242.1 މިލިއަން ރުފިޔާއެވެ.

 މި ހިސާބުތަކަށް ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ނިމުނު އަހަރު ލިބުނު މިންވަރަށްވުރެ އިތުރަށް 218 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 90 އިންސައްތައިގެ އިތުރުވުމެކެވެ.

ހިލޭއެހީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވަމުންދަނީ ރާއްޖެއާ އެކުވެރި ދައުލަތްތަކާ އޮތް ގުޅުން ރަނގަޅުކުރެވުމުގެ ސަބަބުންނެވެ. އާއްމު ގޮތެއްގައި ދައުލަތުގެ ބަޖެޓުގައި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ އަދަދާ ގާތްކުރާ މިންވަރަށްވެސް ހިލޭއެހީ ނުލިބެއެވެ. ނަމަވެސް އަހަރު ނުނިމެނީސް ބަޖެޓުގެ އަންދާޒާއަށްވުރެ ލިބުނު ހިލޭއެހީ އިތުރުވުމަކީ ލިބުނު ކާމިޔާބެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި 222.5 މިލިއަން ޑޮލަރު

mpl

އިމްޕޯޓަށް ކުރި ހަރަދު 28.8 އިންސައްތަ މަތިވެއްޖެ

finance

ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ

Mma

ޑޮލަރުގެ ތާށިކަން ހައްލުވާނީ އިގުތިސޯދީ އަސާސްތައް ހިފަހައްޓައި، ހަމައެކަނި ރުފިޔާ ބޭނުންކޮށްގެން: މުނައްވަރު