ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑރ. ޙަސަން ހަމީދުގެ އިނގިރޭސި-ދިވެހި ބަސްފޮތް މި މަހުގެ 23 ވަނަ ދުވަހު ނެރެނީ

TTH_Ads
Maldivian_Ads
STO_Ads
Advertisement

ޑރ. ޙަސަން ހަމީދު ލިޔުއްވާފައިވާ އިނގިރޭސި-ދިވެހި ބަސްފޮތް މި މަހުގެ 23 ވަނަ ދުވަހު ނެރެން ނިންމައިފި އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ނެރެވޭ އެންމެ ބޮޑު ފޮތެވެ. މިއީ 1,992 ސަފްހާ ހިމެނޭ ބިޔަ ފޮތެކެވެ. ފޮތުގައި 120,000 ލަފްޒު ހިމެނެ އެވެ. އެގޮތުން 120,000 އިނގިރޭސި ލަފްޒުގެ ދިވެހި މާނަ ހިމެނެ އެވެ.

މީގެ އިތުރުން އިނގިރޭސި ލަފުޒުތައް ތާނައިން ކިޔާނެ ގޮތް ހިމެނުމުގެ އިތުރުން ބަސްބަހުގެ މަޖާޒީ މާނަތައް ވެސް ހިމަނާފައިވެ އެވެ.

HajjCop_ads
Advertisement

މިއީ ދިވެހި ބަހުން މިހާތަނަށް ނެރެވޭ އެންމެ މުއްސަދި ފޮތަށްވާއިރު މި ފޮތް ނެރުމަށް މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު ޤައުމީ ޔުނިވަރސިޓީގެ، މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރީން އޮތް ގޮތުން މި ފޮތް ނެރެދެއްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމެވެ. ޑރ. ޙަސަން ވަނީ އެ ދަޢުވަތު މީގެ މަސްތަކެއް ކުރީން ރައީސް މައުމޫނަށް އަރުވާފަ އެވެ. އެ ދުވަހު ރައީސް މައުމޫން ވަނީ އެއީ ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވެފަ އެވެ. އަދި ވަގުތާއި ޙާލަތު ތަންދޭނަމަ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ.

ފޮތް ނެރުމަށް ހަމަޖެހިފައިވާ ދުވަހު ޚާއްސަ އަގެއްގައި ފޮތް ގަންނަން ލިބޭނެ އެވެ. އެގޮތުން އެ ދުވަހު 1,500 ރުފިޔާއަށް ފޮތް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ނެރެވޭ އެންމެ ބަރު ފޮތްވެސް މެ އެވެ. ގޮތުގައި 2.1 ކިލޯ ހުރެ އެވެ. މިއީ މޯބައިލް ފޯނެއްގެ ފުޅާ މިންހާ ބޯ ފޮތެކެވެ.

ޙަސަން ކުރީން ވިދާޅުވި ގޮތުގައި މި ފޮތުގެ އެކި ޗެޕްޓަރތައް ވަކީން ނެރުމުގެ ވިސްނުން ވެސް ގެންގުޅުއްވަ އެވެ. އަދި ފޮތަށް ޚާއްސަ ވެބްސައިޓެއް ތައްޔާރުކޮށް އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތް ހެދުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު