ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެރިޓައިމް އެވިޑެންސްއާ ގުޅޭ ސަރަހައްދީ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

TTH_Ads
STO_Ads
Maldivian_Ads
Advertisement

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމުކޮށްގެން ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދިޔަ “ރީޖަނަލް ޓްރޭނިންގ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް (އެމްއެލްއޭ) ލިންކްޑް ވިތު މެރިޓައިމް ޑޮމެއިން އެވެއަރނަސް-ޑިރައިވްޑް އެވިޑެންސް” ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން ބައިވެރިވެއްޖެއެވެ.

2026 އޮގަސްޓް 9 އިން 12 އަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސީނިއަރ ސާޖަންޓް އަޙްމަދު ޒިޔާދު މުޙައްމަދު އާއި ސީނިއަރ ސާޖަންޓް އާމިނަތު ޝިރާންއެވެ.

މި ޕްރޮގްރާމަކީ ކަނޑުމަތީގެ ޖިނާއީ މައްސަލަތަކުގައި “މެރިޓައިމް ޑޮމެއިން އެވެއަރނަސް” މެދުވެރިކޮށް ހޯދޭ ހެކިބަހާއި މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެފަދަ ހެކި ހޯދުމަށް އެދުމާއި، އަދި “މިއުޗުއަލް ލީގަލް އެސިސްޓެންސް” (އެމްއެލްއޭ) އާއި ބައިނަލްއަގުވާމީ އެހީތެރިކަން ފޯރުކޮށްދޭ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އެފަދަ ހެކި ފައިދާހުރި ގޮތެއްގައި ބޭނުންކުރުމުގެ ގާބިލުކަން ކަނޑުމަތީގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ޕްރޮސެކިއުޓަރުން އަދި ކަމާބެހޭ މަރުކަޒީ އިދާރާތަކުގައި އިތުރު ކުރުމަށް ހިންގޭ ޕްރޮފްރާމެކެވެ.

HajjCop_ads
Advertisement

މިފަދަ ސަރަހައްދީ ތަމްރީނުތަކުގައި ބައިވެރިވުމަކީ ކަނޑުމަތީގެ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ބައިނަލްއަގުވާމީ ގާނޫނީ އެހީތެރިކަން ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުވެގެންދާނެ ކަމެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ހޭލުންތެރިކުރުވުމަށް ސައިލެންޓް ހަރަކާތެއް ހިންގައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ޅ. އަތޮޅުން ތިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުންގެ ފަރާތުން ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

police

ސްކޭމްތަކުގައި ގެއްލޭ ފައިސާ ހޯދުމުގައި ރާއްޖެއިން ހޯދާފައިވަނީ ބޮޑު ކުރިއެރުމެއް