ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުންގެ ފަރާތުން ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

Maldivian_Ads
STO_Ads
TTH_Ads
Advertisement

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުޅުމާލެ ޕޮލިސްގެ ފަރާތުން އިންތިޒާމުކޮށްގެން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުޑަކުދިންނަށް ހާއްސަކޮށްގެން މަޖާ އަދި އުފާވެރި ހަވީރެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ، 25 ސެޕްޓެންބަރު 2026 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 6:00 އަށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3 ސަރަހައްދުގައެވެ.

ފުލުހުން ބުނީ،މި ހަވީރުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންނަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ.

HajjCop_ads
Advertisement

މި ހަވީރުގެ ތެރެއިން ބައިވެރިންނަށް ހާއްސަ ލަކީ ޑްރޯއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. މި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި ގިނަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ދުއްވާ ނޫކުލައާއި ހުދުކުލައިގެ ކުޅޭ ދެ ޖީޕު ކާރާއި، ހެލްމެޓުގެ އިތުރުން ވެސް ގިނަ އަދަދެއްގެ ހަދިޔާތައް ހިމެނޭކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މި އިވެންޓުގެ ތެރެއިން ކުޑަކުދިންނަށް ފުލުހުންގެ ޔުނީފޯމު ލައިގެން ފުލުހުންނާއެކު ފޮޓޯ ނެގުމާއި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ ސައިކަލު ފަދަ އުޅަނދުތަކަށް އަރައި، އެ ތަކެތި ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ކުޑަކުދިންނަށް ފަހިވެގެންދާނެއެވެ.

ހުޅުމާލެ ފުލުހުން ވަނީ މި ހަވީރުގައި ވީހާ ވެސް ގިނަ ކުޑަކުދިންނާއި ބެލެނިވެރިން ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Nimaal

ހައިވޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި އެންމެން ޑްރަގަށް ޕޮޒިޓިވްވެއްޖެ

B 0RhA4o2amoyZSAf3DtVFfWcHY

މާލޭގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފި، އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ!

police

ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި ބިދޭސީ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި

Hulhumale

ވީޑިއޯއިން ފެންނަނީ ހުޅުމާލޭގައި ކުޅޭކުޅޭ ބަޑިތަކެއް ގެންގުޅޭ މަންޒަރު: ފުލުހުން