ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިނގިރޭސި ޓެރިފް ކަނޑާލުމުން ރާއްޖޭގައި މަސް ގަންނަ ވާދަވެރި ބާޒާރެއް އުފެދިއްޖެ: ޝިޔާމް

WhatsApp Image 2026 08 12 at 09.35.07
STO_Ads
Maldivian_Ads
TTH_Ads
Advertisement

އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގަމުން އައި ޓެރިފް ކަނޑާލުމާ ގުޅިގެން ރާއްޖޭގައި މަސް ގަންނަ އަގުތައް ރަނގަޅުވެ، ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، 14 އަހަރުވީ މަސައްކަތަށްފަހު އިނގިރޭސިވިލާތުން ނަގަމުން އައި 20 ޕަސެންޓުގެ ޓެރިފް ކަނޑާލުމުން އެންސިސް، ހޮރައިޒަން އަދި މިފްކޯ ފަދަ ކުންފުނިތަކަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މަސް ގަންނަ ކުންފުނިތަކުގެ މެދުގައި ހަގީގީ ވާދަވެރިކަމެއް އުފެދިގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއިން މިހާރު އިނގިރޭސިވިލާތަށް އަހަރަކު ގާތްގަނޑަކަށް 18 މިލިއަން ޕައުންޑްގެ މަސް ބޭރުކުރެއެވެ.

HajjCop_ads
Advertisement

އަމިއްލަ ކުންފުނިތަކުން މިހާރު މަސް ކިލޯއެއް 21 ރުފިޔާއާއި 22 ރުފިޔާއާ ދެމެދުގެ އަގެއްގައި ގަންނަމުންދާއިރު، ސަރުކާރުންވެސް މަސް ކިލޯއެއް 20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް އަގު ހިފަހައްޓަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަހަށް އެންމެ ރަނގަޅު އަގު ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސް ވެލިއު އެޑް ކުރުމުގެ ނުވަތަ އިތުރު މުއްސަނދިކަން ގެނެސްގެން ބަންދުކުރުމުގެ ގާބިލުކަން ކުޑަވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެކަން ހައްލުކުރުމަށް ސަރުކާރުން ހާއްސަ މަޝްރޫއުތަކެއް ކުރިއަށްގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ދުވާލަކު 50 ޓަނު މަސް ދަޅުގައި ބަންދުކުރެވޭ މިންވަރު 300 ޓަނަށް އިތުރުކުރުމަށާއި، މަސް ރައްކާކުރެވޭ މިންވަރު 9,000 ޓަނުން 25,000 ޓަނަށް ބޮޑުކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big iCDZwK2ARA7LGveVa265INqYM

ބުޅާ ގެންގުޅެން ޚާއްޞަ ރަށެއް ތަރައްޤީކުރަނީ

IMG

މިހާތަނަށް މަސްވެރިންނަށް 2.2 ބިލިޔަން ރުފިޔާ ދޫކުރެވިއްޖެ: ޝިޔާމް

minister shiyam

މަސްވެރި ސިނާއަތުގައި ގޮންޖެހުންތައް ހައްލު ކުރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ އިންވެސްޓުމަންޓް: ޝިޔާމް

shiyam minister

ޅޮހީގައި އައު އައިސްޕްލާންޓެއް މިއަހަރު ޤާއިމްކުރާނަން: ވަޒީރު