ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިސަރުކާރުން މަރުގެ ޙުކުމް ތަންފީޒުކުރާނެ: އިޙްސާން

STO_Ads
TTH_Ads
Advertisement

މަރުގެ ޙުކުމް ތަންފީޒުކުރުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ސަރުކާރުން ތަންފީޒުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރާނެކަމަށް އެކި ސަރުކާރުތަކުގައި ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އެކަން ތަންފީޒުނުކުރެވުނު ނަމަވެސް އަދުގެ ސަރުކާރުން އެމަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް ޗޮއިސެއް ނޫން ކަމަށެވެ.

HajjCop_ads
Advertisement

މިކަމާ ގުޅިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަރުގެ ޙުކުމް ތަންފީޒުކުރައްވާނެ ކަމަށެވެ. އެކަން ކުރުމުގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ މަރުހަލާތައް އެބަހުރި ކަމަށާއި އެ މަސައްކަތްތައް މިހާރު ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

“މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް އެއީ. އަޅުގަނޑުމެން އެކަން ކުރާނެ. އެކަމަކު އެކަން ކުރުމަށްޓަކައި ގަވަރން ކުރަންޖެހޭ މަރުގެ ހުކުމް ތަންފީޒީ މަރުހަލާ ޤާނޫނީގޮތުން ކަވަރ ކުރަން. އެހެންވެ އެއަށް ބޭނުންވާ ޤާނޫނެއް ފަރުމާކޮށްފައި މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވުމުގެ މަސައްކަތް މިވަގުތު އަޅުގަނޑުމެން ކުރަމުންދަނީ. އޭގެ އަނެއް ފަރާތަކީ ތަންފީޒީ މަރުހަލާގެ ތައްޔާރުވާންޖެހޭ ކަންކަމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން.” ވަޒީރު އިޙްސާން

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްސަ ޤާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރުމަށް އަދި ސޯޝަލް ޖަސްޓިސް ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމީ ޤައުމެއްގައި އޮންނަ އުސޫލުގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި މަރުގެ އަދަބު ހިފެހެއްޓުމަކީ ދައުލަތަކަށް ކުރެވޭނެ ކަމެއްކަމުގައި ގަބޫލުނުކުރައްވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިފަހުން މަރުގެ އަދަބު ދެވޭނެ ހާލަތްތަކުގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރުންވެސް ވަނީ ހިމަނުއްވާފައެވެ. ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތާއި އޭގެ އަދަދަށް ބަލައި މަރުގެ އަދަބު ކަނޑައެޅޭނެކަން ޤާނޫނުގައިވަނީ ހިމަނުއްވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދަނާލުގައި ނިޔާވި މީހާ ފުލުހުންނަށް ގުޅިކަމަށްބުނެ ފެތުރެމުންދަނީ ހަގީގަތާ ޚިލާފު ވާހަކަަތަކެއް: އިޙްސާން

DSC

މަސައްކަތްކުރާނީ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް: އިޙްސާން

minister ihusan

ހޯޕް އައިލެންޑް ތަރައްޤީކުރުމުގެ މަސައްކަތް ފަށަނީ

ޤައުމީ ޑްރަގް ޕޮލިސީ އަންނަ މަހުގެ ނިޔަލަށް ނިންމާލަން މަސައްކަތް ކުރަނީ