ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިތުރު ތިން ރަށެއްގައި އެމްއާރްއައި، ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރަނީ

Geealaa health minister
STO_Ads
TTH_Ads
Advertisement

ސިއްހީ ހިދުމަތް ހޯދުމުގައި މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ތިން ރަށެއްގައި އެމްއާރްއައި އަދި ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ސިއްހީ ކަންކަމާއި އާއިލާއާއި ދުޅަހެޔޮކަމާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ސީޓީ ސްކޭނާއި އެމްއާރްއައި ފަދަ ހިދުމަތްތައް އަތޮޅު ތެރޭގައި ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރުވަނީ މިހާރު އެ ހިދުމަތް ލިބެމުންދާ މަރުކަޒުތަކާއި އަލަށް އެ ހިދުމަތްތައް ތައާރަފުކުރުމަށް ނިންމާފައިވާ މަރުކަޒުތަކާ ގުޅޭ ތަފުސީލުތައް ވިދާޅުވެދެއްވާފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު އެމްއާރްއައިގެ ހިދުމަތް މާލެއިން ބޭރުން ލިބެނީ ތިން ހޮސްޕިޓަލަކުންނެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުނގުރޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިތުރަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ. އެތަންތަނުގެ ތެރެއިން އުނގޫފާރުގައި އެ ހިދުމަތް ގާއިމުކޮށް ހިދުމަތް ދޭން ފެށީ މި ސަރުކާރުގައި 2024 ވަނަ އަހަރުގެ ޑިސެެންބަރު މަހުއެވެ.

HajjCop_ads
Advertisement

ވަޒީރު ވިދާޅުވީ އަތޮޅު ތެރެއިން އެމްއާރްއައިގެ ހިދުމަތް މިހާރު ލިބެމުންދާ ތިން ހޮސްޕިޓަލުގެ އިތުރަށް އަލަށް އިތުރު ތިން ރަށެއްގެ ހޮސްޕިޓާތަކުން އެމްއާރްއޭގެ ހިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ނިންމައި، އެ ހިދުމަތް ފެށުމަށްވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

“ރާއްޖޭގެ ތިން ރަށެއްގައ އަލަށް އެމްއާރްއައިގެ ހިދުމަތް އެއީ ގދ.ތިނަދޫ، ލ.ގަން އަދި ފުވައްމަލަކުގައި ހިދުމަތް ގާއިމުކުރުމަށްވަނީ ނިންމާފައި. އަަދި އެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށްގެންދެވޭ ވާހަކަ ދަންނަވައިލަން،” ވަޒީރު ވިދާޅުވިއެވެ.

މާލޭ ސަރަހައްދުން ބޭރުން ސީޓީ ސްކޭނުގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ފުވައްމުލަކު ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައެވެ. ސަރުކާރުން އަންނަނީ މި އަހަރުގެ ނިޔަލަށް އިތުރު ހަތް ރަށަކުން މި ހިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ.

ވަޒީރު ގީލާ ވިދާޅުވި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ސީޓީ ސްކޭނުގެ ހިދުމަތް ގާއިމުކުރުމަށް ހަމަޖެހިފައިވާ ހަތް ރަށަކީ، ހއ.ދިއްދޫއާއި ބ.އޭދަފުއްޓާއި، ދ.ކުޑަހުވަދޫއާއި ޅ.ނައިފަރާއި، ފ.ނިލަންދޫއާއި، އދ.މަހިބަދޫ، އަދި ލ.ފޮނަދޫއެވެ.

Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހެލްތް މިނިސްޓްރީ އާއި ޔޫއެން އެސްކޭޕް ގުޅިގެން ފަންނީ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފި

43

ކެންސަރު ބަލީގެ ފޭކް އިންޖެކްޝަން ރާއްޖެ ގެނައީ އަމިއްލަ މީހަކު: ހެލްތު މިނިސްޓްރީ

kulli khabaru

ރާއްޖޭގައި ޑާޒަލެކްސް ގެ ފޭކް އިންޖެކްޝަންތަކެއް ފެނިގެން ސަމާލުވުމަށް އަންގައިފި