ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެލްތް މިނިސްޓްރީ އާއި ޔޫއެން އެސްކޭޕް ގުޅިގެން ފަންނީ މަސައްކަތު ބައްދަލުވުމެއް ފަށައިފި

TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތައް ހަރުދަނާކުރުމަށްޓަކައި، ޞިއްޙަތާއި ޢާއިލާ އާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާ އާއި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކޭޕް) ގުޅިގެން “ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް” ގެ އެޕްލިކޭޝަނާ ގުޅޭ ފަންނީ މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

މި މަހުގެ 9 އިން 12 އަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ، އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކާއި ގުޅިގެން SP2LNOB އެޕްލިކޭޝަން ބޭނުންކުރުމަށްޓަކައި އިޖްތިމާޢީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެއްގެ ބައެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ތަފާސްހިސާބާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ސައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް އެކުލަވައިލުމުގެ ޤާބިލުކަން ދައުލަތުގެ މުއައްސަސާތަކުގައި އިތުރުކުރުމެވެ. މީގެ ސަބަބުން، އެއްވެސް މީހަކު ބާކީނުވާނެ ފަދަ ހަރުދަނާ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ބިނާކުރުމަށް މަގުފަހިވާނެއެވެ.

“ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް” އަކީ އިޖުތިމާޢީ ރައްކާތެރިކަން ފުޅާކުރުމުން، ވަޒީފާގެ ފުރުޞަތުތަކާއި، ޞިއްޙީ ޚިދުމަތް، ތަޢުލީމު އަދި ދިރިއުޅުމުގެ ފެންވަރު ފަދަ އަސާސީ ދާއިރާތަކުން ޚާއްޞަކޮށް ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑީގެ ގޮތުގައި ފާހަގަކޮށްފައިވާ އިންޑިކޭޓަރސް ތަކުން ލިބޭ ކުރިއެރުންތައް ދެނެގަނެވޭނެ މުހިންމު ވަސީލަތެކެވެ. މި ވޯކްޝޮޕަކީ 2024 އަދި 2025 ވަނަ އަހަރު ކުރިއަށް ގެންދެވުނު މަޝްވަރާތަކާއި މަސައްކަތުގެ ތެރެއިން މި ވަސީލަތް އިތުރަށް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ކުރިއެރުމެކެވެ.

HajjCop_ads
Advertisement

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ މި ބައްދަލުވުމުގައި، ޤައުމީ ފެންވަރުގެ ތަފާސްހިސާބުތައް ބޭނުންކޮށްގެން ސިޔާސަތުތައް ދިރާސާކުރާނެ ގޮތްތަކާއި، ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ފުޅާކުރާނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިންނަށް ތަމްރީނު ދެވޭނެ އެވެ. މި މަސައްކަތު ބައްދަލުވުމުގައި މިނިސްޓްރީގެ އިތުރުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ނޭޝަނަލް ޕްލޭނިންގ ހިމެނޭހެން ޖުމްލަ 20 ފަރާތުން ބައިވެރިވެ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފި

43

ކެންސަރު ބަލީގެ ފޭކް އިންޖެކްޝަން ރާއްޖެ ގެނައީ އަމިއްލަ މީހަކު: ހެލްތު މިނިސްޓްރީ

kulli khabaru

ރާއްޖޭގައި ޑާޒަލެކްސް ގެ ފޭކް އިންޖެކްޝަންތަކެއް ފެނިގެން ސަމާލުވުމަށް އަންގައިފި

health ministry

މަދަނީ ޖަމިއްޔާތަކުގެ ގްރާންޓް ޕްރޮގްރާމަށް ހުޅުވާލައިފި